logo
MPL

MPL

ޚަބަރު

ޙައްޖަށް ދިޔުމަށް ދައްކާ ފައިސާއިން ޒަކާތް ދައްކަން ޖެހޭނީ ޙައްޖު ކޯޕަރޭޝަނުން: ފަތުވާ މަޖިލިސް

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
13 ޖުލައި 2025 - 06:31
ޙައްޖަށް މީހުން ދަނީ
ޙައްޖަށް މީހުން ދަނީ

ޢާންމު ރައްޔިތުން ޙައްޖަށް ދިއުމަށް ދައްކާ ފައިސާއިން ޒަކާތް ދައްކަން ޖެހޭނީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުން ކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނިންމައިފިއެވެ.

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނެރުނު ފަތުވާގައި ބުނީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ޙައްޖަށް ދިއުމަށް ދައްކާ ފައިސާއިން ޒަކާތް ދިނުމާ ގުޅޭގޮތުން އެ މަޖިލީހަށް މައްސަލައެއް ހުށަހެޅުނުކަމަށާއި، އެ މައްސަލައާ ގުޅިގެން ޙައްޖު ކޯޕަރޭޝަން ލިމިޓެޑުން އެ މަޖިލީހަށް މަޢުލޫމާތު ދިން ކަމަށާއި އެ މަޢުލޫމާތުގެ ޢަލީގައި އެ މައްސަލަ އެ މަޖިލީހުގެ މެންބަރުން ދިރާސާކުރި ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި އެ ދިރާސާތަކަށްފަހު ނިންމާފައިވަނީ ޢާންމު ރައްޔިތުން ޙައްޖަށް ދިއުމަށް ދައްކާ ފައިސާއިން ޒަކާތް ދައްކަން ޖެހޭނީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުން ކަމަށް އެ ފަތުވާގައި ބުންޏެވެ.

ރާއްޖެއިން ޙައްޖަށްދާ މީހުން ގެންދަނީ ސަރުކާރުގެ ހިއްސާ އޮންނަ ޙައްޖު ކޯޕަރޭޝަނުންނެވެ. ކޮންމެ އަހަރު ޙައްޖަށް ދިޔުމަށް ރާއްޖެއަށް 1،000 ކޯޓާ ލިބެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޙައްޖު ކިއުގައި ގިނަ ދުވަސްވީ 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް 1448 ގެ ޙައްޖުން ފުރުސަތު!ޚަބަރު | 13 ދުވަސް ކުރިން ރޯދަ މަހުގެ ފަހު 15ގައި ގަމުން ޖިއްދާއަށް އުމްރާ ދަތުރުތަކެއް ފަށަނީޚަބަރު | 15 ދުވަސް ކުރިންޙައްޖު ކޯޕަރޭޝަންގެ އާ އެމްޑީ އަކަށް ފިރުޒުލްޚަބަރު | 4 މަސް ކުރިންހައްޖުވެރިންގެ ފުރަތަމަ ގުރޫޕުގައި ހިމެނޭ 241 ހައްޖާޖީން މާލެ އަތުވެއްޖެޚަބަރު | 5 މަސް ކުރިން