logo
MPL

MPL

ޚަބަރު

ޙައްޖު ކިއުގައި ގިނަ ދުވަސްވީ 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް 1448 ގެ ޙައްޖުން ފުރުސަތު!

މުހައްމަދު މޫސާމުހައްމަދު މޫސާ
12 އޮކްޓޯބަރު 2026 - 10:37
ޙައްޖު ކިއުގައި ގިނަ ދުވަސްވީ 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް 1448 ގެ ޙައްޖުން ފުރުސަތު!

ޙައްޖުގެ އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ޙައްޖު ކިއުއިން ޖާގަ ލިބުނުތާ ތިން އަހަރުވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ ޙައްޖު ކިއުގައި ދޮށީ ޢުމުރުގެ ގިނަ އަދަދެއްގެ މީހުން ތިބުމާއެކު، އިންތިޒާރުގައި ގިނަ ދުވަސްވެ ޙައްޖުވުމުގެ ފުރުސަތު ނުލިބިދާނެކަމުގެ ކަންބޮޑުވުމަށް ހައްލެއް ހޯދައިދީ، ވީހާވެސް ގިނަ ދޮށީ ޢުމުރުގެ ފަރާތްތަކަށް ފަރުޟު ޙައްޖު އަދާކުރުމަށް މަގުފަހިކޮށްދިނުމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަމުގެ ތަފްސީލު ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އަދި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަލްއުސްތާޛު މުޙައްމަދު ފިރްޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވީ، މި އުޞޫލު ތަންފީޒުކުރާނީ މައުޟޫޢީ ގޮތެއްގައި ޢުމުރަށާއި ކިއުއިން ޖާގަ ލިބުނު ތާރީޚަށް ބަލައިގެން ކަމަށެވެ. އަދި މިއީ އެންމެންނަށް ހަމަހަމަ އުޞޫލަކުން، އެއްވެސް ތަފާތުކުރުމެއް ނެތި ކުރިއަށްގެންދާނެ ކަމެއްކަން ދެ ބޭފުޅުންވެސް ފާހަގަކުރެއްވިއެވެ.

މި އުޞޫލުގެ ދަށުން ކިއުގައި ތިބޭތާ 3 އަހަރުވެފައިވާ މީހުންގެ ގޮތުގައި ބަލާނީ 31 ޑިސެންބަރު 2023 ގެ ނިޔަލަށް ޙައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކެވެ. އަދި 70 އަހަރުން މަތީގެ ޢުމުރުފުރާ ކަމުގައި ބަލާނީ 31 ޑިސެންބަރު 2026 ގެ ނިޔަލަށް 70 އަހަރު ފުރޭ މީހުންނެވެ. މި މިންގަނޑަށް ބަލާއިރު 70 އަހަރުން މަތީގެ 324 ފަރާތަކަށް 1448 ވަނަ އަހަރުގެ ޙައްޖުން ފުރުޞަތު ލިބިގެންދާނެއެވެ. އޭގެ ތެރޭގައި 75 އަހަރުން މަތީގެ 86 ފަރާތެއް ހިމެނެއެވެ. މި އުޞޫލުން ފުރުޞަތު ދެވޭނީ މީގެ ކުރިން ޙައްޖުވެފައިނުވާ، ހަމައެކަނި ފަރުޟު ޙައްޖު އަދާކުރާ މީހުންނަށް ކަމަށްވެސް ކަނޑައަޅާފައިވެއެވެ.

ދޮށީ ޢުމުރުގެ މީހުންނަށް ފުރުޞަތު ދިން ނަމަވެސް، 1448 ވަނަ އަހަރު ޙައްޖަށް ދެވޭނެކަމަށް ކުރިން އަންދާޒާކުރެވުނު ޢުމުރުން 65 އަހަރާއި 69 އަހަރާ ދެމެދުގެ ފަރާތްތަކަށް އެއްވެސް ލަސްވުމެއް ނާންނާނެހެން ކިއުގައި އެ ފަރާތްތަކަށްވެސް އިސްކަންދެވޭނެއެވެ. އަދި އެފަދަ ފަރާތްތަކާ އެކުގައި ދިއުމަށް ފައިސާ ދައްކާފައިވާ އަދި އެ އަހަރު ދެވޭނެކަމަށް އަންދާޒާކުރެވޭ ޢާއިލާގެ އެއް މެންބަރަކަށް އެކުގައި ދިއުމުގެ ފުރުޞަތު ނުގެއްލޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސާނެ ކަމަށް ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ.

މި ބަދަލާއެކު ކިއުގައި ތިބި 65 އަހަރުން ދަށުގެ ބައެއް ފަރާތްތަކަށް އަހަރެއްހާ ދުވަހުގެ ލަސްވުމެއް އައި ނަމަވެސް، މިއީ ރާއްޖެއަށް ލިބޭ ކޯޓާގެ ބޭނުން އެންމެ ފުރިހަމައަށް ހިފައި، ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރުގައި ތިބި ދޮށީ ޢުމުރުގެ ރައްޔިތުންނަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. މީގެ އިތުރުން ކިއުގައި ތިބި ދޮށީ ޢުމުރުގެ މީހުންގެ ޢަދަދު މަދުވެ، ކުރިއަށް އޮތް ތަނުގައި ކިއުގެ ނިސްބަތް ޒުވާން ޢުމުރުފުރާތަކަށް ބަދަލުވެ ހުރިހާ ފަރާތްތަކަކަށްވެސް ފުރުޞަތު އަވަސްވެގެން ދިއުމަށް މަގުފަހިވާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޙައްޖު ކިއުގައި ގިނަ ދުވަސްވީ 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް 1448 ގެ ޙައްޖުން ފުރުސަތު!ޚަބަރު | 2 ގަޑިއިރު ކުރިންޤުރްއާން މުދައްރިސުން ބިނާކުރުމުގެ ބޮޑު ކާމިޔާބީއެއް: ޑިގްރީ އާއި ޑިޕްލޮމާ އިން 113 ދަރިވަރަކު ދަސްވެނިވެއްޖެޚަބަރު | 2 ދުވަސް ކުރިން ރޯދަ މަހުގެ ފަހު 15ގައި ގަމުން ޖިއްދާއަށް އުމްރާ ދަތުރުތަކެއް ފަށަނީޚަބަރު | 2 ދުވަސް ކުރިންވިލިމާލޭގައި 1،000 މީހުންގެ ޖާގައިގެ ޒަމާނީ އާ މިސްކިތެއްޚަބަރު | 3 ދުވަސް ކުރިން