ވިލިމާލޭގައި 1،000 މީހުންގެ ޖާގައިގެ ޒަމާނީ އާ މިސްކިތެއް
9 އޮކްޓޯބަރު 2026 - 16:01

ވިލިމާލޭގެ 'މަސްޖިދުއްސަލާމް' މިހާރު ހުރި ބިމުގައި ބިނާކުރާ ޒަމާނީ އާ މިސްކިތުގެ ބިންގާ މިއަދު އަޅައިފިއެވެ.
މިކަމަށްޓަކައި މިއަދު ހަވީރު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
.png&w=750&q=75)
Ad by Hajj Corporation
ފިޔަ ފައުންޑޭޝަނުން ބިނާކުރާ މި މިސްކިތަކީ އެއްފަހަރާ 1,000 މީހުންނަށް ނަމާދު ކުރެވޭ ޖާގައިގެ މިސްކިތެކެވެ. ޒަމާނީ ފެންވަރަށް ތަރައްޤީކުރާ މި ދެ ބުރީގެ މިސްކިތް ވެގެންދާނީ ވިލިމާލޭގައި މިހާތަނަށް ބިނާކުރެވޭ އެންމެ ޖާގަ ތަނަވަސް އެއް މިސްކިތަށެވެ. މި އިމާރާތުގައި ނަމާދުކުރާ ބައިގެ އިތުރުން 2 ކްލާސްރޫމާއި އިމާމު ރޫމް ވެސް ހިމެނޭނެއެވެ.
ބިންގާ އަޅައިދެއްވުމަށްފަހު ވާހަކަދައްކަވަމުން މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވީ މިއީ ވިލިމާލޭގައި ބިނާކުރެވޭ ވަރަށް ޖާގަ ތަނަވަސް އަދި ރީތި މިސްކިތަކަށް ވާނެ ކަމަށެވެ. އަދި މި މަޝްރޫޢަކީ ވިލިމާލޭގެ ރައްޔިތުން ވަރަށް ބޮޑަށް އެދެމުންދިޔަ ކަމަކަށްވާތީ، މިއީ އެ ރައްޔިތުންގެ އެދުމަށް ލިބުނު މުހިންމު އިޖާބައެއް ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

-01.jpg&w=3840&q=75)
