ރޯދަ މަހުގެ ފަހު 15ގައި ގަމުން ޖިއްދާއަށް އުމްރާ ދަތުރުތަކެއް ފަށަނީ
10 އޮކްޓޯބަރު 2026 - 08:45

ކުރިއަށް އޮތް ރަމަޟާން މަހުގެ ތެރޭގައި އައްޑޫ ސިޓީގެ ގަމުން ސައުދީ އަރަބިއްޔާގެ ޖިއްދާއަށް އުމްރާވެރިން ގޮވައިގެން ސީދާ ދަތުރުތައް ފަށާނެ ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ބުނެފި އެވެ.
ހައްޖު ކޯޕަރޭޝަނުން މިދަތުރުތައް ފެށުމަން ނިންމީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުން މާލެއަށް ނައިސް އައްޑޫ ގަމުގެ އެއާޕޯޓުން ސައުދީގެ ޖިއްދާއަށް ދަތުރުކުރެވޭ ގޮތް ހެދުމަކީ އުމުރާވެރިންނަށް ފަސޭހަވެގެންދާނެ ކަމެއް ކަަމަށްވާތީ ފަސޭހަކޮށްދިނުމުގެ ގޮތުންނެވެ.
.png&w=750&q=75)
Ad by Hajj Corporation
ހައްޖު ކޯޕަރޭޝަންގެ މިދަތުރުތައް ކުރިއަށް ގެންދާނީ ރޯދަ މަހުގެ ފަހު 15އާ ދިމާކޮށް ފެބުރުވަރީ މަހުގެ 20 ވަނަ ދުވަހު އެވެ.
ހައްޖަު ކޯޕަރޭޝަނުން ރޯދަ މަހުގެ ފަހު 15ގައި އުމްރާއަށް ގެންދާ މީހުންގެ ޕެކޭޖުގެ އަގަކީ 48،965 ރުފިޔާ އެވެ. އަދި ރޯދަ މަސް އެކީގައި އުމްރާގެ އަޅުކަމުގައި ހޭދަކުރަން ބެނުންވާ މީހުންގެ ޕެކޭޖުގެ އަގަކީ 54،965 ރުފިޔާއެވެ.
ރޯދަ މަހު އެ ޖަމާއަތުގެ ހަވާލުގައި ހައްޖަށް ދިއުމަށް ބޭނުންވާ މީހުންނަށް ހައްޖު ކޯޕަރޭޝަނުން މިހާރު ވަނީ އެ ފުރުސަތު ހުޅުވާލާފަ އެވެ.
ރޯދަ އުމްރާގެ ޖާގަ ކަށަވަކުރެވޭނީ އޮންލައިން ޕޯޓަލް "ފަހެލި" އަދި ކޯޕަރޭޝަންގެ ވެބްސައިޓް މެދުވެރިކޮށް ކަމަށްވެސް ހައްޖު ކޯޕަރޭޝަނުން ބުނެ އެވެ.
ޙައްޖު ކޯޕަރޭޝަނުން އިތުރަށް ބުނީ އެ ކުންފުނިން ޖުލައި އަދި ޑިސެމްބަރު މަހު އުމްރާއަށް މީހުން ގެންދިއުމަށް ކުރާ ދަތުރުތައްވެސްް ސީދާ އައްޑޫގެ ގަމުން ސައުދީގެ ޖިއްދާއަށް ކުރިއަށް ގެންދިއުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އައްޑޫއައި ޖިއްދާއާ ދެމެދު އުމްރާވެރިން ގޮވައިގެން ދަތުރުތައް ފެށުމަށް ނިންމާފައިވަނީ ގައުމީ -- އެއާލައިން މޯލްޑިވިއަންއާ ގުޅިގެންނެވެ.

-01.jpg&w=3840&q=75)
