logo
MPL

MPL

ޚަބަރު

ޕެންޝަން ފައިސާއިން ޙައްޖަށް: 65 އަހަރުން މަތީގެ މީހުންނަށް އޮތް ހުރަސް ނައްތާލައިފި

އައިޝަތު އީމާން ރަޝީދު
8 ނޮވެމްބަރު 2026 - 08:48
ޕެންޝަން ފައިސާއިން ޙައްޖަށް ދިއުން: ޢުމުރުން 65 އަހަރުން މަތީގެ މީހުންނަށް އޮތް ހުރަސް ނައްތާލައި، ފުރުޞަތު ފަހިކޮށްދީފި
ޕެންޝަން ފައިސާއިން ޙައްޖަށް ދިއުން: ޢުމުރުން 65 އަހަރުން މަތީގެ މީހުންނަށް އޮތް ހުރަސް ނައްތާލައި، ފުރުޞަތު ފަހިކޮށްދީފި

ދިވެހިރާއްޖޭގެ ޕެންޝަން ނިޒާމަށް ގެނެވުނު އިޞްލާޙާއެކު، އުމުރުން 65 އަހަރު ފުރިފައިވާ އަދި ކުރިން އުމުރުގެ ސަބަބުން ފުރުޞަތު ގެއްލިފައިވާ ފަރާތްތަކަށް ޕެންޝަން ފައިސާ ބޭނުންކޮށްގެން ފަރުޟު ޙައްޖަށް ދިއުމުގެ މަގު ހުޅުވާލައިފިއެވެ.

މެންދުރު ޓީވީގެ "ޓޯކް އޮފް ދަ ޓައުން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން، ޕެންޝަންސް އެންޑް ބެނެފިޓްސް އޮފީހުގެ މެނޭޖަރ ދީބާ ނިޒާރް ވިދާޅުވީ ޙައްޖު ޖާގަ ލިބުމުގައި އުމުރުގެ ސަބަބުން ދިމާވަމުންދިޔަ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން މި ބަދަލު ގެންނަންޖެހުނު ކަމަށެވެ. އަދި މިފަދަ ބަދަލުތަކުގެ ސަބަބުން ދިގު މުއްދަތަކަށް އިންތިޒާރުކުރަމުންދިޔަ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޕްރޮގްރާމުގައި އިތުރަށް ވާހަކަދައްކަވަމުން، ޕެންޝަންއެވެއަރނެސް އެންޑް އެޑިޔުކޭޝަން އޮފީހުގެ ކޯޑިނޭޓަރ އިޙުސާން ޢަބްދުލް މުޙްސިން ވިދާޅުވީ ޤަވާޢިދަށް ގެނެވުނު މި އިޞްލާޙާއެކު ޢުމުރުން 65 އަހަރުވުމުން ޙައްޖު ޖާގަ ރިޒާވްކުރުމުގައި ކުރިން އޮތް ހުރަސް މިހާރު މުޅިން ނައްތާލެވިފައިވާ ކަމަށެވެ. އަދި އާރް.އެސް.އޭ ގައި މަދުވެގެން 330,000 ރުފިޔާ ހުންނަންޖެހޭނެ ކަމަށާއި، ހައްޖު ކޯޕަރޭޝަނާ ގުޅިގެން ޕޯޓަލް މެދުވެރިކޮށް މި ޚިދުމަތް ފަސޭހައިން ހޯދޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕެންޝަން ފައިސާއިން ޙައްޖަށް: 65 އަހަރުން މަތީގެ މީހުންނަށް އޮތް ހުރަސް ނައްތާލައިފިޚަބަރު | 3 ގަޑިއިރު ކުރިންމޯލްޑިވިއަނުން ޖިއްދާ ދަތުރުތައް މެދުކަނޑާލުމާ ގުޅިގެން ޙައްޖު ކޯޕަރޭޝަންގެ ނޮވެމްބަރު އުމްރާ ދަތުރު ފަސްކޮށްފިޚަބަރު | 10 ދުވަސް ކުރިންއަންނަ އަހަރުގެ ޢުމްރާ ކަލަންޑަރު އާންމުކޮށް، ޖާގަ ކަށަވަރުކުރަން ހުޅުވާލައިފިޚަބަރު | 11 ދުވަސް ކުރިންފައިނޭންސް ފޯރަމްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިޚަބަރު | 18 ދުވަސް ކުރިން