logo
MPL

MPL

ޚަބަރު

މޯލްޑިވިއަނުން ޖިއްދާ ދަތުރުތައް މެދުކަނޑާލުމާ ގުޅިގެން ޙައްޖު ކޯޕަރޭޝަންގެ ނޮވެމްބަރު އުމްރާ ދަތުރު ފަސްކޮށްފި

އަޙުމަދު ރަމީޒު
29 އޮކްޓޯބަރު 2026 - 07:10
ހައްޖު ކޯޕަރޭޝަންގެ މުވައްޒަފަކު ހައްޖުވެރިންގެ ފޮށިތައް ތަރުތީބުކުރަނީ
ހައްޖު ކޯޕަރޭޝަންގެ މުވައްޒަފަކު ހައްޖުވެރިންގެ ފޮށިތައް ތަރުތީބުކުރަނީ

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި މޯލްޑިވިއަނުން މާލެއިން ޖިއްދާއަށް ކުރުމަށް ހަމަޖެހިފައިވާ ޢުމްރާ ފްލައިޓް ފަހުގެ ތާރީހަކަށް ފަސްކޮށްފި އެވެ.

ADS BY OOREDOO

Ad by Hajj Corporation

Ad by Hajj Corporation

މި ދަތުރު ފަސްކުރިކަން ހާމަކޮށްފައިވަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި މޯލްޑިވިއަން ގުޅިގެން ނެރުނު ނޫސްބަޔާނެއްގަ އެވެ.

މޯލްޑިވިއަނުން ބުނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ސައުދީ އަރަބިއްޔާ ހިމެނޭ ސަރަހައްދުގެ ސަލާމަތީ ކަންކަން އެ އެއާލައިނުން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ސަރަހައްދުގެ މަސްރަހު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށާއި މިހާރު އޮތް ހާލަތަކީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފާނެ ފަދަ ނުރައްކާތެރި ހާލަތެއް ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފަ އެވެ.

ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރާ ބެހޭ އިދާރާތަކުން ނެރެފައިވާ ބަޔާންތަކާ ގުޅިގެން ޖިއްދާގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގައި ވެސް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާއިރު މަސްރަޙު ގޯސްވުމުގެ ސަބަބުން ބައިނަލްއަގުވާމީ ގިނަ އެއާލައިންތަކުންވެސް މިހާރު ސައުދީ އަރަބިއްޔާއަށް ކުރާ ދަތުރުތައް ވަނީ މެދުކަނޑާލާފަ އެވެ.

މި ދަތުރު ފަސްކުރުމާ ގުޅިގެން އުމްރާވެރިންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ޙައްޖު ކޯޕަރޭޝަނާއި މޯލްޑިވިއަނުން ވަނީ މާފަށް އެދިފަ އެވެ. އަދި ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދޭ ކަންތައް ކަމުގައި އެ ދެ މުއައްސަސާއިން ފާހަގަކުރި އެވެ.

މަސްރަހު ހަމައަކަށް އެޅި، ދަތުރުކުރުމުގެ ރައްކާތެރިކަން ކަށަވަރުވުމުން، މި ދަތުރަށް ފައިސާ ދައްކަވާފައިވާ ހުރިހާ ބޭފުޅުންނަށް، އިތުރު އަގަކާނުލައި، އުމްރާގެ އަޅުކަމަށް ވަޑައިގެންނެވޭނެ ފުރުސަތު ފަހިކޮށްދެވޭނެ ކަމުގެ ޔަގީންކަން ޙައްޖު ކޯޕަރޭޝަނުން ވަނީ އަރުވާފަ އެވެ.

މި ދަތުރުގައި ބައިވެރިވާ ފަސިންޖަރުންނަށް ބޭނުންވާ އެހީތެރިކަން ދެ މުއައްސަސާއިންވެސް ފޯރުކޮށްދެމުންދާނެ ކަމަށާއި ސަރަޙައްދުގެ މަސްރަޙު ހަމައަކަށް އެޅި ދަތުރުކުރުމުގެ ރައްކާތެރިކަން ކަށަވަރުވުމުން، ދަތުރު ކުރާނެ އައު ތާރީޚެއް ފަސިންޖަރުންނަށް އަންގާނެ ކަމަށްވެސް އެ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޯލްޑިވިއަނުން ޖިއްދާ ދަތުރުތައް މެދުކަނޑާލުމާ ގުޅިގެން ޙައްޖު ކޯޕަރޭޝަންގެ ނޮވެމްބަރު އުމްރާ ދަތުރު ފަސްކޮށްފިޚަބަރު | ގަޑިއިރެއް ކުރިންއަންނަ އަހަރުގެ ޢުމްރާ ކަލަންޑަރު އާންމުކޮށް، ޖާގަ ކަށަވަރުކުރަން ހުޅުވާލައިފިޚަބަރު | 20 ގަޑިއިރު ކުރިންމޯލްޑިވިއަންގެ އޮފީހެއް ޗައިނާގައި ހުޅުވައިފިވިޔަފާރި | 2 ދުވަސް ކުރިންޙައްޖު ކިއުގައި ގިނަ ދުވަސްވީ 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް 1448 ގެ ޙައްޖުން ފުރުސަތު!ޚަބަރު | 17 ދުވަސް ކުރިން