logo
MPL

MPL

ވިޔަފާރި

މޯލްޑިވިއަންގެ އޮފީހެއް ޗައިނާގައި ހުޅުވައިފި

އަޙުމަދު ރަމީޒު
27 އޮކްޓޯބަރު 2026 - 04:45
މޯލްޑިވިއަންގެ އޮފީހެއް ޗައިނާގައި ހުޅުވައިފި

ގައުމީ އެއާލައިން، މޯލްޑިވިއަންގެ އޮފީހެއް ޗައިނާގެ ވެރިރަށް ބެއިޖިންގައި ހުޅުވައިފި އެވެ.

ބެއިޖިންގައި ބޭއްވި ރަސްމިއްޔާތުގައި އޮފީސް ހުޅުއްވައި ދެއްވީ މޯލްޑިވިއަންގެ ބެލެނިވެރި ކުންފުނި އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް ޗެއާމަން އަހްމަދު ޝަފީއު އާއި، މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމުގެ އިތުރުން ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބެވެ.

Ad by Hajj Corporation

Ad by Hajj Corporation

މޯލްޑިވިއަނުން ބުނީ ޗައިނާގައި އާ އޮފީހެއް ހުޅުވުމަކީ އެ މާކެޓުގައި އެ އެއާލައިންގެ ހަރަކާތްތައް އިތުރަށް ވަރުގަދަކޮށް، ޗައިނާގައި ތިބި ވިޔަފާރި ޕާޓްނަރުންނާއި ކަސްޓަމަރުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބޭ އިތުރު ފުރުސަތުތަކެއް ކަމަށެވެ.

މިއޮފީހުގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޚިދުމަތްތައް ފޯރުކޮށް ދިނުމަށް މަގުފަހިވާނެ ކަމަށްވެސް އައިލެންޑް އޭވިއޭޝަން ސާވިސަސް އިން ބުނެފައިވެ އެވެ.

މޯލްޑިވިއަނުން އަކީ މިހާރުވެސް ޗައިނާގެ 3 ސިޓީއަކަށް ދަތުރުކުރާ އެއާލައިނެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޯލްޑިވިއަންގެ އޮފީހެއް ޗައިނާގައި ހުޅުވައިފިވިޔަފާރި | 35 މިނިޓު ކުރިންމޯލްޑިވިއަނުން ކުޑަހުވަދޫ އަށް ޝެޑިއުލް ދަތުރުތައް ފަށައިފިވިޔަފާރި | މަހެއް ކުރިންފަތުރުވެރިންނަށް އެތެރޭގެ އުދުހުން ތަކަށް ގައުމީ އެއާލައިން އިން ވިއްކާ ޓިކެޓްގެ އަގު ހެޔޮ ކުރަން ނިންމައިފިޚަބަރު | 2 މަސް ކުރިންޗައިނާއިން އާ ސެޓެލައިޓްތަކެއް ޖައްވަށް ފޮނުވާލައިފިދުނިޔެ | 4 މަސް ކުރިން