logo
MPL

MPL

ދުނިޔެ

ޗައިނާއިން އާ ސެޓެލައިޓްތަކެއް ޖައްވަށް ފޮނުވާލައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
5 ޖުލައި 2026 - 08:41
ޗައިނާއިން އާ ސެޓެލައިޓްތަކެއް ޖައްވަށް ފޮނުވާލައިފި

ޗައިނާގެ އުތުރުގެ ޝާންޒީ ޕްރޮވިންސްގައި ހުންނަ ތައިޔުއާން ސެޓެލައިޓް ލޯންޗް ސެންޓަރުން އާ ސެޓެލައިޓް ގްރޫޕެއް ފަޒާއަށް ފޮނުވާލާފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާތަކުން އާދީއްތަ ދުވަހު ރިޕޯޓްކޮށްފިއެވެ.

ބެއިޖިންގްގައި ހުންނަ ޒިންހުއާ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ސެޓެލައިޓް ގްރޫޕް ފޮނުވާލާފައިވަނީ ހޮނިހިރު ދުވަހު މޮޑިފައިޑް Long March-6 ކެރިއާ ރޮކެޓެއްގައެވެ. އަދި މި ސެޓެލައިޓްތައް ކަނޑައެޅިފައިވާ އޯބިޓަށް ކާމިޔާބުކަމާއެކު ވަދެފައިވާ ކަމަށްވެސް އެ އެޖެންސީން ބުނެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ފަހަރު ފޮނުވާލި ސެޓެލައިޓްތަކަކީ ޗައިނާގެ ވިޔަފާރި އުސޫލުން ހިންގާ ލޯ-އޯބިޓް ސެޓެލައިޓް ނެޓްވޯކެއް ކަމަށްވާ Spacesail Constellation ގެ ބައެއްގެ ގޮތުގައި ހިމެނޭ ސެޓެލައިޓްތަކެކެވެ. މިއީ ޗައިނާގެ ފަޒާގެ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މުހިންމު ފިޔަވަޅެކެވެ.

މި ލޯންޗަކީ ލޯންގް މާޗް ކެރިއާ ރޮކެޓް ސީރީޒްގެ 655 ވަނަ ފްލައިޓް މިޝަން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. ޗައިނާއިން ދަނީ ފަހަކަށް އައިސް ފަޒާގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޯލްޑިވިއަންގެ އޮފީހެއް ޗައިނާގައި ހުޅުވައިފިވިޔަފާރި | 14 ދުވަސް ކުރިންޗައިނާއިން އާ ސެޓެލައިޓްތަކެއް ޖައްވަށް ފޮނުވާލައިފިދުނިޔެ | 4 މަސް ކުރިންޗައިނާގެ ކޯލް މައިނެއްގައި ވަރުގަދަ ގޮވުމެއް، 90 މީހުން މަރުވެއްޖެދުނިޔެ | 6 މަސް ކުރިންހަނގުރާމައިގެ ނުތަނަވަސްކަމުގެ ތެރެއިން ޓްރަމްޕް ޗައިނާއަށް ވަޑައިގެންފިދުނިޔެ | 6 މަސް ކުރިން