logo
Bank of Maldives

Bank of Maldives

ދުނިޔެ

ޗައިނާގެ ކޯލް މައިނެއްގައި ވަރުގަދަ ގޮވުމެއް، 90 މީހުން މަރުވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
24 މޭ 2026 - 03:14
ޗައިނާގެ ކޯލް މައިނެއްގައި ވަރުގަދަ ގޮވުމެއް، 90 މީހުން މަރުވެއްޖެ

ޗައިނާގެ އުތުރުގެ ޝަންޒީ ޕްރޮވިންސްގައި ހުންނަ ކޯލް މައިނެއްގައި ގޭހުގެ ގޮވުމެއްގެ ސަބަބުން މަދުވެގެން 90 މީހުން މަރުވެއްޖެއެވެ. މިއީ ފަހުގެ ތާރީޚެއްގައި އެ ގައުމުގައި ހިނގި އެންމެ ނުރައްކާތެރި މައިނިންގ ހާދިސާ ކަމަށް އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ރިޕޯޓުކޮށްފައިވެއެވެ.

ޗައިނާގެ ރަސްމީ މީޑިއާ، ޝިންހުއާ ނިއުސް އެޖެންސީން ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުގެ ރޭގަނޑު 7:29 ހާއިރު ގިންޔުއާން ކައުންޓީގެ ލިއުޝެންޔޫ ކޯލް މައިންގައެވެ. މި ގޮވުން ހިނގި ވަގުތު 200 އަށްވުރެ ގިނަ މަސައްކަތްތެރިން ބިމުގެ އަޑީގައި މަސައްކަތް ކުރަމުން ދިޔަކަމަށް ލޯކަލް އިމަޖެންސީ އޮފިޝަލުންނާ ހަވާލާދީ އެ އެޖެންސީން ބުނެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީހުން ސަލާމަތްކުރުމުގެ މަސައްކަތް

މި ހާދިސާގައި އަނިޔާވި 120 އަށްވުރެ ގިނަ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، އޭގެ ތެރެއިން ދެ މީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށް ރިޕޯޓުތައް ބުނެއެވެ. ހާދިސާ ހިނގި ސަރަހައްދުގައި ސަލާމަތީ ފަރާތްތަކާއި މެޑިކަލް ޓީމުތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ. ޝިންހުއާ އާ ވާހަކަ ދެއްކި ރެސްކިއު ވޯކަރަކު ބުނި ގޮތުގައި، "އުންމީދެއް އޮތްހާ ހިނދަކު، މީހުން ސަލާމަތް ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ" އެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވަނީ ގެއްލިފައިވާ މީހުން ހޯދުމަށް ފުރިހަމަ ބާރުމިނުގައި މަސައްކަތް ކުރުމަށާއި، މި ގޮވުން ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ފުރިހަމަ ތަހުގީގެއް ހިންގުމަށް އަމުރު ކުރައްވާފައެވެ. މިހާރު މި ހާދިސާއާ ގުޅުންހުރި ކުންފުނީގެ އިސްވެރިން ގާނޫނީ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށްވެސް ޝިންހުއާ އިން ރިޕޯޓު ކުރެއެވެ.

މައިންގެ ރައްކާތެރިކަން

ޝަންޒީ ޓޮންގްޒޫ ކޯލް އެންޑް ކޯކް ގްރޫޕުން ހިންގާ މި މައިނަކީ އަހަރަކު 1.2 މިލިއަން ޓަނުގެ ކޯލް އުފެއްދުމުގެ ގާބިލުކަން ހުރި ތަނެކެވެ. ނަމަވެސް، ގޭސް ލެވެލް މަތިވުމުގެ ސަބަބުން ޗައިނާގެ ނޭޝަނަލް މައިން ސޭފްޓީ އެޑްމިނިސްޓްރޭޝަނުން 2024 ވަނަ އަހަރު މި ތަން ވަނީ "ހައި-ރިސްކް" ސައިޓުތަކުގެ ލިސްޓުގައި ހިމަނާފައެވެ.

ޝަންޒީ ޕްރޮވިންސަކީ ޗައިނާގައި އެންމެ ގިނައިން ކޯލް އުފައްދާ ސަރަހައްދެވެ. ވޭތުވެދިޔަ އަހަރު އެކަނިވެސް އެ ސަރަހައްދުން 1.3 ބިލިއަން ޓަނުގެ ކޯލް ނަގާފައިވާއިރު، މިއީ މުޅި ގައުމުގައި އުފައްދާ ކޯލްގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައެވެ. ޗައިނާއިން ކޯލް ބޭނުންކުރުން މަދުކުރަން މަސައްކަތް ކުރި ނަމަވެސް، ދާދި ފަހުން ނެރުނު ރިޕޯޓުތަކުން ދައްކާ ގޮތުގައި އެ ގައުމުގެ އެހީގައި ބޭރު ގައުމުތަކުގައި ހިންގާ ކޯލް މަޝްރޫއުތައް ދަނީ އިތުރުވަމުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗައިނާގެ ކޯލް މައިނެއްގައި ވަރުގަދަ ގޮވުމެއް، 90 މީހުން މަރުވެއްޖެދުނިޔެ | ގަޑިއިރެއް ކުރިންހަނގުރާމައިގެ ނުތަނަވަސްކަމުގެ ތެރެއިން ޓްރަމްޕް ޗައިނާއަށް ވަޑައިގެންފިދުނިޔެ | 10 ދުވަސް ކުރިން ޗައިނާގެ ކުރީގެ ދެ ޑިފެންސް މިނިސްޓަރުން މަރަން ހުކުމްކޮށްފިދުނިޔެ | 17 ދުވަސް ކުރިންޗައިނާގެ އެކި ސިޓީތަކުގައި ދިވެހީންނަށް ވިޔަފާރިކުރުމުގެ ފުރުސަތު ވަނީ ހުޅުވިފަ: މިނިސްޓަރ ސައީދުޚަބަރު | މަހެއް ކުރިން