ފަތުރުވެރިންނަށް އެތެރޭގެ އުދުހުން ތަކަށް ގައުމީ އެއާލައިން އިން ވިއްކާ ޓިކެޓްގެ އަގު ހެޔޮ ކުރަން ނިންމައިފި
19 އޯގަސްޓު 2026 - 12:38

ގައުމީ އެއާލައިން، މޯލްޑިވިއަންއިން ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ފަތުރުވެރިން އަތުން ނަގަމުންދާ ޓިކެޓްގެ އަގު ކުޑަކުރަން ސަރުކާރުން ނިންމައިފި އެވެ.
ރައީސް އޮފީހުން އާންމުކުރި ގޮތުގައި މިގޮތަށް ނިންމާފައިވަނީ މިދިޔަ އާދީއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ.

Ad by Hajj Corporation
މިދިޔަ އޭޕްރީލް މަހު މޯލްޑިވިއަނުން ޓޫރިސްޓުންގެ ޓިކެޓް އަގުބޮޑުކުރީ އެމެރިކާއާއި އިޒްރޭލު ގުޅިގެން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެންނެވެ. އެގޮތުން ރާއްޖޭގައި ޖެޓްފިއުލްގެ އަގު 1.19 ޑޮލަރުން 1.99 ޑޮލަރަށް (67 އިންސައްތަ) ބޮޑުވުމާ ގުޅިގެން، މާލެ-އައްޑޫ އަދި މާލެ-ފުވައްމުލައް ދަތުރުތަކަށް ޓޫރިސްޓުންގެ ޓިކެޓަކަށް 33 ޑޮލަރު (510.18 ރުފިޔާ) އިތުރުކުރި އެވެ.
އީރާނުން ހޮރްމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ދުނިޔޭގެ ތެލުގެ ސަޕްލައިއަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވީ ނަމަވެސް، މިހާރު ސަރުކާރުން ނިންމާފައިވަނީ ޓޫރިސްޓުންގެ ޓިކެޓްގެ އަގު އަލުން ކުޑަކުރުމަށެވެ. މޯލްޑިވިއަންއިން އާންމު އުސޫލެއްގެ ގޮތުންވެސް އެތެރޭގެ އުދުހުންތަކުގައި ދިވެހިންނަށް ވިއްކާ އަގުތަކަށްވުރެ ބޮޑު އަގެއް ޓޫރިސްޓުންނަށް ނަގާކަން ފާހަގަވެ އެވެ.
ގައުމީ އެއާލައިން މޯލްޑިވިއަންއިން ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ޓޫރިސްޓުން އަތުން ނަގަމުންދާ ޓިކެޓްގެ އަގު ކުޑަކުރަން ސަރުކާރުން ނިންމާފައިވަނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން މީގެކުރިން ގެނައި އަގުބޮޑުކުރުމަށް ލުޔެއް ހޯދައިދިނުމުގެ ގޮތުންނެވެ.

-01.jpg&w=3840&q=75)
