logo
MPL

MPL

ވިޔަފާރި

މޯލްޑިވިއަނުން ކުޑަހުވަދޫ އަށް ޝެޑިއުލް ދަތުރުތައް ފަށައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
17 ސެޕްޓެމްބަރު 2026 - 11:38
މޯލްޑިވިއަނުން ކުޑަހުވަދޫ އަށް ޝެޑިއުލް ދަތުރުތައް ފަށައިފި

ޤައުމީ އެއަރލައިން، މޯލްޑިވިއަނުން ދ. ކުޑަހުވަދޫގައި އޮންނަ ދާލު އެއަރޕޯޓަށް ޝެޑިއުލް ދަތުރުތައް މިއަދު ފަށައިފިއެވެ.

ކުޑަހުވަދޫގައި އޮންނަ ދާލު އެއަރޕޯޓަކީ މަންތާ އެއަރއިން ހިންގަމުން އަންނަ އެއަރޕޯޓެކެވެ. މިހާތަނަށް އެ އެއަރޕޯޓަށް ޝެޑިއުލް ދަތުރުތައް ކުރަމުން އައީ ވެސް މަންތާ އެއަރއިންނެވެ. ނަމަވެސް، އެ އެއަރލައިނުން ވަނީ އެ އެއަރޕޯޓަށް ކުރާ ދަތުރުތައް ހުއްޓާލަން ނިންމައި، މިހާރު ވެސް ދަތުރުތައް ވަރަށް ބޮޑަށް މަދުކޮށްފައެވެ. މޯލްޑިވިއަނުން ދަތުރުތައް ފެށުމާއެކު، މަންތާ އެއަރގެ ދަތުރުތައް މުޅިން ނިމުމަކަށް ގެންނާނެ ކަމަށް ބެލެވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މޯލްޑިވިއަނުން ދާލު އެއަރޕޯޓަށް ކުރާ ދަތުރުތަކުގެ ޓިކެޓު ފެއަރގެ އަގަކީ 1,111 ރުފިޔާ އެވެ.

ދ. އަތޮޅަކީ ފަތުރުވެރިކަމުގައި ފާހަގަކޮށްލެވޭ އަތޮޅަކަށްވާއިރު، އެ އަތޮޅަށް ވައިގެ މަގުން ގިނަ އަދަދެއްގެ ފަތުރުވެރިން އަދި އާންމު ދަތުރުވެރިން އުފުލަން ޖެހެއެވެ. މޯލްޑިވިއަންގެ މި ދަތުރުތަކާއެކު ދ. އަތޮޅުގެ ދަތުރުފަތުރަށް އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލަގްޒަރީ ދަތުރުތަކަށް ހާއްސަކޮށްގެން މޯލްޑިވިއަނުން "ކިންގް އެއާ 360" ބޯޓެއްވިޔަފާރި | 2 ގަޑިއިރު ކުރިންމޯލްޑިވިއަނުން ޖިއްދާ ދަތުރުތައް މެދުކަނޑާލުމާ ގުޅިގެން ޙައްޖު ކޯޕަރޭޝަންގެ ނޮވެމްބަރު އުމްރާ ދަތުރު ފަސްކޮށްފިޚަބަރު | 4 ދުވަސް ކުރިންމޯލްޑިވިއަންގެ އޮފީހެއް ޗައިނާގައި ހުޅުވައިފިވިޔަފާރި | 6 ދުވަސް ކުރިންމޯލްޑިވިއަނުން ކުޑަހުވަދޫ އަށް ޝެޑިއުލް ދަތުރުތައް ފަށައިފިވިޔަފާރި | 2 މަސް ކުރިން