ލަގްޒަރީ ދަތުރުތަކަށް ހާއްސަކޮށްގެން މޯލްޑިވިއަނުން "ކިންގް އެއާ 360" ބޯޓެއް
2 ނޮވެމްބަރު 2026 - 14:05

ގައުމީ އެއާލައިން މޯލްޑިވިއަން އިން ލަގްޒަރީ ދަތުރުތައް ފެށުމަށްޓަކައި އެކަމަށް ހާއްސަކޮށްގެން "ކިންގް އެއާ 360" މަރުކާގެ މަތިންދާބޯޓެއް މިއަދު ހަވީރު ރާއްޖެ ގެނެސްފި އެވެ.
މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ "ނިލާ ކޮރަލް އައިލެންޑް"އަށް ހާއްސަ އެއާ ޓްރާންސްފާ ހިދުމަތް ފޯރުކޮށްދިނުމަށާއި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ހާއްސަ ޗާޓަރު ދަތުރުތައް ކުރުމަށެވެ.
.png&w=750&q=75)
Ad by Hajj Corporation
މިބޯޓު މިއަދު ރާއްޖެ އައުމާ ދިމާކޮށް ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމު ވިދާޅުވީ ރާއްޖެއަށް އަންނަ ފަތުރުވެރިން ރޭގަނޑުވެސް ދަތުރުކުރަން ބޭނުންވާ ކަމަށާއި މަތީ ފަންތީގެ ރިސޯޓްތަކަށް ދަތުރުކުރާ ފަތުރުވެރިން ރޭގަނޑުވެސް ދަތުރުކުރަން އެދޭ ކަމަށެވެ.
މޯލްޑިވިއަން އޮޕަރޭޓް ކުރާ ކުންފުނި، އައިލެންޑް އޭވިއޭޝަނުން މިއަދު ރާއްޖެ ގެނައި 8 ޕަސެންޖަރުންގެ ބޯޓަކީ ފަތުރުވެރިން އެދޭ ކޮންމެ ގަޑިއަކުވެސް ދަތުރުކުރުމަށް ވަރަށް ރަނގަޅު ބޯޓަކަށް ވާނެ ކަމަށްވެސް އަލީ ސަލީމު ވިދާޅުވި އެވެ.
"ސީޕްލޭން ހިދުމަތުގައި ނުދެވޭ އެހެންނަމަވެސް ރޭގަނޑު މިއަންނަ ފަސިންޖަރުން ހާއްސަކޮށް ލަގްޒަރީ ޓޫރިޒަމްގަ މިއަންނަ ފަތުރުވެރިން އެއްތަނުން އަނެއް ތަނަށް އުފުލުމުގައި އެއާލައިންގަ ހިދުމަތެއް ތައާރަފުކުރުމަކީ މުހިއްމު ކަމެއްގެ ގޮތުގައި، އެ ޑިމާންޑު އަބަދުވެސް އަޅުގަނޑުމެންނަށް އަންނަމުންދަނީ.،" އަލީ ސަލީމު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ކިންގް އެއާ 360 ބޯޓުގެ ހިދުމަތަށް އެދެން ބޭނުންވާ ފަރާތްތަކަށް މޯލްޑިވިއަންގެ އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި ހިދުމަތަށް އެދެވޭނެ ކަމަށެވެ.

-01.jpg&w=3840&q=75)
