ބިދޭސީ އަކަށް ނެގޭނީ އެއް ސިމް ކާޑު ކަމަށް ކަނޑަ އަޅަނީ
19 އޯގަސްޓު 2026 - 11:41

ރާއްޖޭގައި މޯބައިލް ސިމް ކާޑު ދޫކުރުމުގެ އުސޫލު ހަރުދަނާކޮށް، ސްކޭމް ފަދަ ކުށްތައް މަދުކުރުމަށްޓަކައި އަންސްކިލްޑް ކޮންމެ ބިދޭސީއަކަށް ވެސް ދޫކުރެވޭނީ އެންމެ ސިމް ކާޑެއް ކަމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި އެވެ.
މިދިޔަ އާދިއްތަ ދުވަހު ބޭއްވި މި މަޖިލީހުގެ ނިންމުންތައް ރައީސް އޮފީހުން އާންމުކޮށްފައިވާއިރު އެއް ސިމަށްވުރެ އިތުރަށް ސިމް ނުދިނުމަށް ވަނީ ކަނޑައަޅާފަ އެވެ.

Ad by Hajj Corporation
މީގެ އިތުރުން، ބިދޭސީއަކަށް ދޫކޮށްފައިވާ ސިމެއް ގެއްލިއްޖެ ނުވަތަ ހަލާކުވެއްޖެ ހާލަތެއްގައި އާ ސިމެއް ދޫކުރާނީ ފުލުހުންނަށް މައްސަލަ ހުށަހަޅައި، އެކަމަށް ކަނޑައެޅޭ ވަކި އިޖުރާއަތްތަކެއް ފުރިހަމަ ކުރުމަށްފަހު އެވެ. އަދި ޖަލުތަކަށް ގާނޫނާ ޚިލާފަށް ވައްދާ ސިމްކާޑުތައް ރަޖިސްޓަރީކޮށްފައިވާ މީހުންނަށް ގާނޫނީ އަދި އިދާރީ ފިޔަވަޅު އެޅުމަށް ވެސް ވަނީ ނިންމާފަ އެވެ.
ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ބިދޭސީން ހިއްސާކުރާއިރު، ވަޒީފާއަށް އަންނަ ބިދޭސީންގެ ނަމުގައި ސިމް ނަގައިގެން ކުށުގެ އަމަލުތަކާއި ސްކޭމް މައްސަލަތައް ހިންގުން ވަނީ އާންމުވެފަ އެވެ. އެހެންކަމުން މި އުސޫލުގެ ސަބަބުން އެފަދަ ކަންކަން ހުއްޓުވުމަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.
ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުން އަންނަ އިރު އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ އަދަދު ވަނީ ދެ ލައްކާއާ ގާތަށް ކައިރިވެފަ އެވެ. ެގޮތުން މިހާރު ރާއްޖޭގައި ދިރިއުޅޭ ޖުމްލަ އާބާދީ 590،079 އަށް އަރާފައި ވާއިރު، މީގެ ތެރޭގައި ބިދޭސީންގެ އަދަދު ހުރީ 196،024 މީހުންނަށް އަރާފަ އެވެ.

-01.jpg&w=3840&q=75)
