logo
MPL

MPL

ޚަބަރު

ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު "ސްޓޭޓް އޮފް ދި އާޓް" ފެންވަރަށް ތަރައްޤީކުރަން ނިންމައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
19 އޯގަސްޓު 2026 - 03:50
 ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު "ސްޓޭޓް އޮފް ދި އާޓް" ފެންވަރަށް ތަރައްޤީކުރަނީ

 

ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކީ ހުރިހާ ޚިދުމަތްތަކެއް ލިބޭ ފުރިހަމަ "ސްޓޭޓް އޮފް ދި އާޓް" މަރުކަޒަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އާދީއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މި ނިންމެވުން ނިންމަވާފައިވަނީ، އެ މަރުކަޒު އަޕްގްރޭޑްކުރުމަށް ބޭނުންވާ އެންމެހައި އެހީތެރިކަން ކަމާބެހޭ އެކި ފަރާތްތަކުން ހޯދައިގެން، މި މަޝްރޫޢު ކުރިއަށް ގެންދިއުމަށެވެ.

މާލެ އަތޮޅު ގުރައިދޫގައި ހިންގަމުން އަންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކީ ނަފްސާނީ ބަލިތަކަށް ފަރުވާދިނުމާއި، ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތައް ދައުލަތުން ބަލަހައްޓައި އަޅާލުން ފޯރުކޮށްދިނުމަށް ޤާއިމުކޮށްފައިވާ މައި މަރުކަޒެވެ.

މި ނިންމުމާއެކު، މަރުކަޒުގެ ފެންވަރު މަތިކޮށް، އެތަނުން ދެމުން އަންނަ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ޒަމާނީ ފެންވަރަށް ގެނައުމުގެ އަމަލީ މަސައްކަތްތައް ކަމާގުޅުންހުރި އިދާރާތަކުން ކުރިއަށް ގެންދާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޯލްޑިވިއަންގެ ސީދާ ދަތުރުތައް ކަރާޗީއަށް ފަށަނީޚަބަރު | 2 ގަޑިއިރު ކުރިންރާއްޖެއަކީ ކުޑަ ގައުމަކަށް ވީނަމަވެސް، އިންވެސްޓްމަންޓުގެ ގިނަ ފުރުސަތުތަކެއް ހުރި ގައުމެއް: ރައީސްޚަބަރު | 16 ގަޑިއިރު ކުރިންޕާކިސްތާން- ރާއްޖެ: ދެ ގައުމުގެ ތާރީޚީ ގުޅުން އިތުރު ދާއިރާތަކަށް ފުޅާކުރަނީޚަބަރު | ދުވަހެއް ކުރިންޕާކިސްތާނުގައި ހުންނަ ދިވެހި ހައިކޮމިޝަނަށް ރައީސްގެ ދެކަނބަލުން ޒިޔާރަތްކުރައްވައިފިޚަބަރު | ދުވަހެއް ކުރިން