އަލަށް ފަށާ އެސްއެމްއީ ސްޓާޓަޕްތަކަށް ހާއްސަ ފަންޑެއް
29 އޮކްޓޯބަރު 2026 - 11:57

އައްޑޫ އެސްއެމްއީ ޓްރޭޑް ފެސިލިޓޭޝަން ޒޯންގެ މަސައްކަތަށް ބޭނުންވާ ފައިސާ 2027 އަހަރުގެ ބަޖެޓުގައި ހިމަނައިފިއެވެ.
މާލޭ ސަރަހައްދެކޭވެސް އެއްފަދައިން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިޤްތިޞާދީ މަޝްރޫއުތައް ހިންގުމަކީ ސަރުކާރުގެ އަމާޒެކެވެ.
.png&w=750&q=75)
Ad by Hajj Corporation
މާލެ ފިޔަވައި ރާއްޖޭގައި މީހުން ދިރިއުޅޭ އެންމެ ބޮޑު އެއްސިޓީ އަކީ އައްޑޫ ސިޓީ ކަމަށްވާއިރު އައްޑޫ ސިޓީގެ ލިންކް ރޯޑް ފުޅާކުރުމާއި އައްޑޫގެ މަގުތައް ތަރައްޤީ ކުރުމާއި، އިތުރު ބޮޑެތި އިންފްރާސްޓްރަކްޗަރގެ މަޝްރޫޢުތަކެއް ހިންގުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން މާލީ ވަޒީރު ވިދާޅުވީ އެކަމުގެ ސަބަބުން، އައްޑޫ ސިޓީގެ އިގުތިސާދަށް އާ ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަ ލުއިތަކެއް ދިނުމުގެ ސިޔާސަތުގެ ދަށުން،"އައްޑޫ އެސް.އެމް.އީ ޓްރޭޑް ފެސިލިޓޭޝަން ޒޯން" ގެ މަސައްކަތަށް ބޭނުންވާ ފައިސާ 2027 އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ ސަބަބުން އައްޑޫގައި ވިޔަފާރިކުރާ ފަރާތްތަކަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.
މީގެއިތުރުން ވަޒީރު ވިދާޅުވީ ދިވެހި ޒުވާނުންނަކީ ވަޒީފާ ހޯދާ މީހުންގެ ބަދަލުގައި، ވަޒީފާ އުފައްދާ ބަޔަކަށް ހެދުމަށްޓަކައި،ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން އެސް.އެމް.އީ ސްޓާޓަޕް ތަކަށް ބޭނުންވާ ފަންޑު ފޯރުކޮށްދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ އަމިއްލަ ފައިމައްޗަށް ތެދުވާ، އުފެއްދުންތެރި ޒުވާން ވިޔަފާރިވެރިންގެ ޖީލެއް ބިނާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަކީ އަޅުގަނޑުމެންގެ އިގްތިސާދުގެ މައިބަދަ. ދިވެހި ކޮންމެ ކުޑަ ވިޔަފާރިއެއްގެ ފަހަތުގައި ހުންނާނީ، އުޖާލާ މުސްތަޤުބަލެއް ބިނާކުރުމުގެ ނިޔަތުގައި، އަދި ރާއްޖޭގެ އިޤްތިސާދުގެ ދުވެލި ހަލުވިކޮށްދޭނެ އަޒުމެއްގައި ހުރި ދިވެއްސެއް" ވަޒީރު ވިދާޅުވިއެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވެ، ޓެކުހަށް ކޮމްޕްލައިވުމަށް ކުރިމަތިވާ ބުރަ ލުއިކޮށްދިނުމަށާއި، އެ ވިޔަފާރިތައް ކުރިއަރުވައި، އިގުތިސާދުގައި އެ ފަރާތްތަކުގެ ދައުރު ފުޅާކުރުމުގެ މަގުސަދުގައި، 01 ޖަނަވަރީ 2027 އިން ފެށިގެން ޖީ.އެސް.ޓީ އަށް ރަޖިސްޓަރީ ކުރަންޖެހޭ އަހަރީ އާމްދަނީގެ ތްރެޝްހޯލްޑް 1 މިލިއަން ރުފިޔާއިން 1.5 މިލިއަން ރުފިޔާއަށް ބޮޑުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް އެންމެ އެދެވޭ ގޮތުގައި ބޭނުންކުރުމަށް ހަރުދަނާ އުސޫލުތަކެއް ގާއިމުކުރުމަކީ ސަރުކާރުން ކޮންމެހެންވެސް ހާސިލްކުރަން ބޭނުންވާ ކަމެއްކަމަށާ ފަޅު ރަށްރަށާއި ފަޅުތަކާއި ގުޅޭ ޤާނޫނަށް ޢަމަލުކުރަންފެށުމުން، މި ތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް އޭގެ ފައިދާ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

-01.jpg&w=3840&q=75)
