އޭއައި ބޭނުންކޮށްގެން މާލޭގެ ޓްރެފިކް ނިޒާމު ޒަމާނީކޮށް، ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ވަރުގަދަކުރަނީ
29 އޮކްޓޯބަރު 2026 - 09:41

ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ވަރުގަދަކޮށް، ސަރުކާރުގެ ޚިދުމަތތައް ޒަމާނީ ފެންވަރަކަށް ބަދަލުކުރުމުގެ މުހިންމު ސިޔާސަތެއްގެ ދަށުން، ޤައުމީ ފެންވަރުގައި ނެޝެނަލް ސޮވްރިން ކްލައުޑް ޑޭޓާ ސެންޓަރެއް ޤާއިމުކުރުމަށާއި ޓްރެފިކް މައްސަލަތަކަށް ޒަމާނީ ހައްލުތައް ހޯދުމަށް ނިންމާފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ވަޒީރު ދެއްކެވި ވާހަކަފުޅުގައި، ޓެކްނޮލޮޖީގެ ދާއިރާއިން ޤައުމު ކުރިއަށް ގެންދިއުމަށް ރާވާފައިވާ މައިގަނޑު މަޝްރޫޢުތަކުގެ ތަފުޞީލު ހާމަކުރެއްވިއެވެ. އެގޮތުން، ރައްކާތެރިކަމާއެކު ދައުލަތުގެ ޑޭޓާ ރައްކާކޮށް ބެލެހެއްޓުމަށް 'ނެޝެނަލް ސޮވްރިން ކްލައުޑް ޑޭޓާ ސެންޓަރ' ޤާއިމުކުރުމުގެ އިތުރުން، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ލުއިފަސޭހަކުރުމަށްޓަކައި ޒަމާނީ ފެންވަރުގެ 'ޑިޖިޓަލް އައިޑެންޓިފިކޭޝަން ސިސްޓަމް' ނުވަތަ ސްމާޓް ކާޑުގެ ނިޒާމެއް ތައާރަފުކުރައްވާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
.png&w=750&q=75)
Ad by Hajj Corporation
މީގެއިތުރުން، މާލޭގެ މަގުތަކުގެ ތޮއްޖެހުމާއި ޓްރެފިކް މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދުމަށް ޓެކްނޮލޮޖީގެ އެހީ ހޯދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން މާލޭގެ ޓްރެފިކް ނިޒާމު ޑިޖިޓަލައިޒްކޮށް ބެލެހެއްޓޭނެ 'ސްމާޓް ޓްރެފިކް އެންފޯސްމަންޓް ސިސްޓަމެއް' ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމށެވެ. އަދި މި ނިޒާމާ ގުޅިގެން، ޓްރާންސްޕޯޓް ނިޒާމު ހަރުދަނާކުރުމަށް 'ގްރޭޓަރ މާލެ ޓްރާންސްޕޯޓް މޮބިލިޓީ ޕްލޭން' ތަންފީޒުކުރުމަށް ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި މަޝްރޫޢުތަކާއެކު، ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ހަރުދަނާވެ، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފަސޭހަވެގެންދާނެ އެވެ.

-01.jpg&w=3840&q=75)
