logo
MPL

MPL

ޚަބަރު

ބަޖެޓް 2027 - ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕިކްނިކް ދާނެ ރަށެއް ތަރައްޤީކުރުމަށް ބަޖެޓުގައި ވާނީ ހިމަނާފައި - ފިނޭންސް މިނިސްޓަރ

މުޙައްމަދު ޞާދިޤު
29 އޮކްޓޯބަރު 2026 - 09:10
ބަޖެޓް 2027 - ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕިކްނިކް ދާނެ ރަށެއް ތަރައްޤީކުރުމަށް ބަޖެޓުގައި ވާނީ ހިމަނާފައި - ފިނޭންސް މިނިސްޓަރ

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕިކްނިކް ދާނެ ރަށެއް ތަރައްޤީކުރުމަށް 2027 އަށް ދައުލަތުން ލަފާކުރާ ބަޖެޓުގައި ހިމަނާފައި ވާނޭކަމަށް ފިނޭންސް މިނިސްޓަރ ހަސަން ޒަރީރް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޒަރީރް މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 2027ވަނަ އަހަރަށް ދައުލަތުން ލަފާކުރާ ބެޖެޓް ހުށަހަޅުއްވަމުންނެވެ. މިނިސްޓަރ ވިދާޅުވީ ދިވެހިންގެ މެދުގައި ދުޅަހެޔޮ ބަދަހި މުޖުތަމައެއް ބިނާވެފައި އޮތުމަކީ މި ސަރުކާރުން އަބަދުވެސް އަހަންމިއްޔަތުކަން ދޭކަމެއް ކަމުގައެވެ. އާއިލާތަކާއި ރައްޓެހިންނަށް އެކުގައި ވަގުތު ހޭދަކޮށް، ހިތްހަމަޖައްސާލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ބޭނުމުގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕިކްނިކް ދާނެ ރަށެއް ތަރައްޤީކުރުމަށް ބަޖެޓުގައި ހިމަނާފައި ވާނޭކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހަމަ މިއާއެކު ގައުމީ ތަރައްގީއާ ދެމެހެއްޓެނިވި މުސްތަގުބަލެއް ބިނާކުރުމަށްޓަކައި، މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވުމާއި ގައުމުގެ އިގްތިސާދު ޑައިވާސިފައި ކުރުމަށް އަހަންމިއްޔަތުކަން ދޭންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިގޮތުން، މޫސުމީ ބަދަލުތަކަށް ތައްޔާރުވެ، ރަށްރަށުގެ ތިމާވެށީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް "ކްލައިމެޓް އެޑެޕްޓޭޝަން މޮޑެލް އައިލެންޑް ޕްރޮޖެކްޓް" ފަދަ މަޝްރޫއުތަކަށް މި ބަޖެޓުގައި ބޮޑު އިސްކަމެއް ދޭކަމަށެވެ.

2027ވަނަ އަހަރަށް ގައުލަތުން ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބަޖެޓުގައި، ފަންސާސް ނުވަ ބިލިއަން، ހަތްސަތޭކަ ހަތަރު މިލިއަން، ހަތަރުލައްކަ ސާޅީސްހާސް ހަތް ސަތޭކަ ނުވަދިހަ ފަސް ރުފިޔާ) ގެ ބަޖެޓެއް. މިއީ 2026 ވަނަ އަހަރަށް ފާސްކުރި ބަޖެޓާ އަޅާ ބަލާއިރު 4.5 ބިލިއަން ރުފިޔާ ދަށް އަދަދެއް.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަލަށް ފަށާ އެސްއެމްއީ ސްޓާޓަޕްތަކަށް ހާއްސަ ފަންޑެއްޚަބަރު | ދުވަހެއް ކުރިންބަޖެޓް 2027: ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 3 ބިލިއަން ރުފިޔާ ހާއްސަކޮށްފިޚަބަރު | ދުވަހެއް ކުރިންބަޖެޓު 2027: ޕީއެސްއައިޕީ އަށް 8.2 ބިލިއަން ރުފިޔާޚަބަރު | ދުވަހެއް ކުރިންއޭއައި ބޭނުންކޮށްގެން މާލޭގެ ޓްރެފިކް ނިޒާމު ޒަމާނީކޮށް، ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ވަރުގަދަކުރަނީ ޚަބަރު | ދުވަހެއް ކުރިން