ބަޖެޓް 2027: ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 3 ބިލިއަން ރުފިޔާ ހާއްސަކޮށްފި
29 އޮކްޓޯބަރު 2026 - 11:45
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން އިތުރުކުރުމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ތިން ބިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރުގެ ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ މި ސަރުކާރުން އަބަދުވެސް މުޙިއްމުކަމަށް ގަބޫލުކުރާ އެއް ސިޔާސަތަކީ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑެތި އިޖުތިމާއީ ތަކުލީފުތަކަށް ހަރުދަނާ އަދި ދާއިމީ ހައްލުތަކެއް ހޯދައިދިނުން ކަމަށެވެ. އެގޮތުން ދިވެހި ރައްޔިތުންގެ ޒަމާންވީ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށް މިސަރުކާރުން އަބަދުވެސް ގަބޫލުކުރާ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
.png&w=750&q=75)
Ad by Hajj Corporation
"މި ދަތިކަމަށް ދާއިމީ ނިމުމެއް ގެނައުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސީދާ ބެއްލެވުމުގެ ދަށުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން އިތުރުކުރުމުގެ މަޝްރޫއުތައް ބާރަށް ކުރިއަށްދާނެ. މިކަމަށް ހާއްސަކޮށް 3.0 ބިލިއަން ރުފިޔާ 2027 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ،" ޒަރީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމަށް ހިމަނާފައިވާ މަޝްރޫއުތަކާއެކު މާލެ ސަރަހައްދުގެ ތޮއްޖެހުމަށް ވަށާޖެހޭ ހައްލެއް ގެނެސްދެވޭނެ ކަމަށެވެ. އަމިއްލަ ބިން އޮވެމެ، އެ ބިމުގައި ގެދޮރު ބިނާކުރާނެ މާލީ ތަނަވަސްކަން ނެތް ރައްޔިތުންތަކެއް ތިބިކަން އެއީ ސަރުކާރުން ގަބޫލުކުރާ ހަޤީގަތެއް ކަމަށް ވިދާޅުވި އެވެ. މިގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމަށް ކަނޑައަޅާފައިވާ އަދަދުގެ ތެރޭގައި، އަލަށް ގެދޮރު ގަތުމަށް އަދި އިމާރާތްކުރުމަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ލޯނު ސްކީމުގެ އިކުއިޓީއަށްވާ ފައިސާގެ ގޮތުގައި ދޫކުރުމަށް، 750 މިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
"މިއީ ގިނަ އާއިލާތަކެއްގެ އަމިއްލަ ބޯހިޔާވަހިކަމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް މަގުފަހިވެގެންދާނެ ކަމެއް. ހަމައެހެންމެ، ރަށްރަށުގައިވާ ހުސްބިންތަކުގައި ފެނާއި ނަރުދަމާގެ އަސާސީ ޚިދުމަތްތައް ގާއިމުކޮށް، ދިރިއުޅުމަށް ފަހި ވެއްޓަކަށް ހެދުމުގެ މަސައްކަތް ހަލުވިކަމާއެކު ހިންގުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ،"
ސަރުކާރުން ފަށާފައިވާ ހިޔާވަހި ފައިނޭނޭންސިން ފެސިލިޓީގެ ދަށުން، އަމިއްލަ ބިންތަކުގައި ގެދޮރު އިމާރާތްކުރުމަށް އެހީވުމަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ 800 އަށް ވުރެ ގިނަ ފަރާތަކަށް ބީއެމްއެލް މެދިވެރިކޮށް މިހިނހާ އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ ދޫކޮށްފަ އެވެ. މިއީ އިސްލާމިކް ފައިނޭންސް އުސޫލުން ފަސް ޕަސަންޓުގެ ޕްރޮފިޓް މާޖިންގައި ދޫކުރު މާލި އެހީ އެކެވެ.
ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ދަށުން 57 ރަށުގައި މިފަދަ މަޝްރޫއުތައް ހިންގަން ނިންމާފައިވާއިރު މާލެ ސަރަހައްދުގައި 4000 އަށް ވުރެ ގިނަ ހައުސިން ޔުނިޓްތައް އެޅުމުގެ މަސައްކަތް ދަނީ ހިނގަމުންނެވެ.

-01.jpg&w=3840&q=75)
