1448 ވަނަ އަހަރުގެ ޙައްޖު އެއްބަސްވުމުގައި ރާއްޖެއާއި ސަޢޫދީން ސޮއިކޮށްފި
14 ނޮވެމްބަރު 2026 - 05:52

1448 ވަނަ އަހަރުގެ ހައްޖު މޫސުމުގެ އިންތިޒާމުތަކާ ގުޅޭ ރަސްމީ އެއްބަސްވުމުގައި ދިވެހިރާއްޖޭގެ އިސްލާމިކް އެފެއާޒް މިނިސްޓްރީއާއި ސައޫދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއާ ދެމެދު ސޮއިކޮށްފިއެވެ.
ޖިއްދާގައި ކުރިއަށްދާ ބައިނަލްއަޤްވާމީ ހައްޖު ކޮންފަރެންސް އެންޑް އެގްޒިބިޝަންގެ ހަވާސާގައި ބޭއްވި ރަސްމިއްޔާތެއްގައި، ދިވެހިރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އުސާމް މުހައްމަދު ސައީދެވެ. އަދި ސައޫދީ އަރަބިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. އަބްދުލްފައްތާހް މަޝާޠެވެ.
.png&w=750&q=75)
Ad by Hajj Corporation
މި އެއްބަސްވުމުގެ ދަށުން، 1448 ވަނަ އަހަރު (2027) ރާއްޖެއިން ހައްޖަށްދާ ހައްޖާޖީންނަށް ސައޫދީ އަރަބިއްޔާގައި ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކާއި، ދަތުރުފަތުރާއި، ތިބުމުގެ އިންތިޒާމުތައް އެންމެ ފުރިހަމައަށް ހަމަޖެއްސުމަށް މަގުފަހިވެގެންދާނެއެވެ. ސައޫދީ އަރަބިއްޔާއިން ރާއްޖެއަށް ކޮންމެ އަހަރަކު 1،000 ހައްޖު ކޯޓާ ދެމުން އަންނައިރު، 1448 ވަނަ އަހަރުގެ ހައްޖުގައި އުމުރުން 70 އަހަރުން މަތީގެ 324 ފަރާތަކަށް ހާއްސަ އިސްކަމެއް ދީގެން ފުރުސަތު ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
މި އެއްބަސްވުމާއެކު ދިވެހި ހައްޖާޖީންނަށް މައްކާއާއި މަދީނާގައި ލިބޭ ހިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުވެ، ހައްޖުގެ އަޅުކަން އަދާކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

-01.jpg&w=3840&q=75)
