logo
Bank of Maldives

Bank of Maldives

ޚަބަރު

ހައްޖުވެރިންގެ ފުރަތަމަ ގުރޫޕުގައި ހިމެނޭ 241 ހައްޖާޖީން މާލެ އަތުވެއްޖެ

މަރިޔަމް މާޙީ
5 ޖޫން 2026 - 17:57
ފޮޓޯ: ސަން
ފޮޓޯ: ސަން

މިއަހަރުގެ ހައްޖުގެ މުގައްދަސް އަޅުކަން އަދާކުރުމަށްފަހު، ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގުރޫޕު މިއަދު ރާއްޖެ އަތުވެއްޖެއެވެ.

މިއަދު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖެއްސި ސައުދިއާ އެއަރލައިންގެ ފްލައިޓުން ޖުމްލަ 241 ހައްޖުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އަދި މިރޭ އެއަރޕޯޓުން ހައްޖުވެރިންނަށް މަރުހަބާ ދެންނެވުމަށް ހައްޖުވެރިންގެ އާއިލާތަކުން ވަނީ ޖަމާވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދިވެހި ހައްޖު މިޝަނުން ހާމަކޮށްފައިވާ ތާވަލަށް ބަލާއިރު، ހައްޖުވެރިންގެ ދެވަނަ ފްލައިޓު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 7 ވަނަ ދުވަހުގެ ހަވީރު 17:40 ގައެވެ. އަދި ތިންވަނަ ފްލައިޓު މިމަހުގެ 8 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގައި އައުމަށް ހަމަޖެހިފައިވާއިރު، ހައްޖުވެރިންގެ އެންމެ ފަހު ގުރޫޕު ރާއްޖެ އަންނާނީ މިމަހުގެ 9 ވަނަ ދުވަހުގެ ދަންވަރު 12:00 އެހައިކަންހާއިރު ކަމަށް އެ މިޝަނުން މައުލޫމާތުދެއެވެ.

ހައްޖުވެރިން ރާއްޖެ ގެނައުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވަނީ ސައުދިއާ އެއަރލައިންގެ އިތުރުން ރާއްޖޭގެ ގައުމީ އެއަރލައިން "މޯލްޑިވިއަން" މެދުވެރިކޮށެވެ.

މިއަހަރު ރާއްޖެއިން ޖުމްލަ 1،019 މީހުން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދިޔައެވެ. މީގެ ތެރޭގައި ސަރުކާރުގެ އެހީގައި ހައްޖަށް ފޮނުވި މީހުންވެސް ހިމެނެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ހައްޖުވެރިންގެ ކަންކަން ވީހާވެސް ފަސޭހަ މަގަކުން އިންތިޒާމު ކުރުމަށް ހާއްސަ އިސްކަމެއް ދީފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހައްޖުވެރިންގެ ފުރަތަމަ ގުރޫޕުގައި ހިމެނޭ 241 ހައްޖާޖީން މާލެ އަތުވެއްޖެޚަބަރު | 2 ގަޑިއިރު ކުރިންދިވެހި ހާޖީން ޢަރަފާތް ބިމަށް ވަދެއްޖެޚަބަރު | 11 ދުވަސް ކުރިންމިރޭ ފަތިސްވާން ވާއިރަށް ހުރިހާ ހައްޖުވެރިންނަށް އަރަފާތު ބިމަށް ދެވޭނެ: ހައްޖު ކޯޕަރޭޝަންޚަބަރު | 11 ދުވަސް ކުރިންރާއްޖެއިން ހައްޖަށްދާ މީހުންގެ އިސްވެރިޔާގެ ގޮތުގައި މިނިސްޓަރ ސައީދުޚަބަރު | 17 ދުވަސް ކުރިން