logo
އަމިއްލަ ކެންޑިޑޭޓު އިބްރާހީމްގެ ތާއީދު ޕީއެންސީގެ އަރީޝަށްBank of Maldives

Bank of Maldives

ޚަބަރު

އިނގިރޭސި ކޯޓަކުން ޙުކުމެއްކުރި ''ސުންދަރަލިންގަމް ކޫޑަލިންގަމް'' އަކީ ދިވެއްސެއްނޫން

މުހައްމަދު މޫސާމުހައްމަދު މޫސާ
7 އޯގަސްޓު 2025 - 14:50
ސުންދަރަލިންގަމް ކޫޑަލިންގަމް
ސުންދަރަލިންގަމް ކޫޑަލިންގަމް

އިނގިރޭސިވިލާތުގެ ކޯޓަކުން ޙުކުމް ކޮށްފައިވާ ''ސުންދަރަލިންގަމް ކޫޑަލިންގަމް'' ކިޔާ މީހާއަކީ ދިވެއްސެއްނޫންކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފިއެވެ.

އިމިގްރޭޝަނުން މިފަދައިން ބުނެފައިވަނީ އިނގިރޭސިވިލާތުގައި ހިނގި ޖިންސީ ގޯނާގެ މައްސަލައަކާއި ގުޅިގެން އެ ޤައުމުގެ ކޯޓަކުން ޙުކުމް ކޮށްފައިވާކަމަށް ބުނާ ''ސުންދަރަލިންގަމް ކޫޑަލިންގަމް'' އަކީ ދިވެއްސެއްކަމަށް ދޭހަވާގޮތަށް ބައެއް މީޑިއާތަކުން ޚަބަރުފަތުރާފައިވާތީއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިމިގްރޭޝަނުން ބުނީ އޭނާއަކީ ދިވެހި ސަރުކާރުގެ އެއްވެސް އިދާރާއެއްގައި ދިވެހި ރައްޔިތެއްގެ ގޮތުގައި ރެކޯޑްކުރެވިފައިވާ މީހެއްނޫން ކަމަށެވެ.

ސުންދަރަލިންގަމް ކޫދަލިންގަމް (36) ގެ މައްޗަށް އިނގިރޭސިވިލާތުގައި ދައުވާ އުފުލާފައި ވަނީ 2023 ވަނަ އަހަރުގެ މާރޗް މަހު ސޯހޯގައި ހުންނަ ރޫޕަޓް ޖޭޑް ތައި މަސާޖް ޕާލަރގައި 30 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައެވެ. މި މައްސަލާގައި އޭނާގެ މައްޗަށް ވަނީ ކުށް ސާބިތުވެފައެވެ.

މައްސަލައިގެ ޝަރީއަތުގައި ޖަޖް ރެކޯޑަރ ޖެރެމީ ބްރަޔަރ ކޭސީ ވިދާޅުވެފައިވަނީ "މިއީ އޭނާއަށް ބިރުވެރި އަދި ނުރައްކާތެރި ތަޖުރިބާއެއް" ކަމަށެވެ. އަދި "އޭނާ ހުރީ އެއްވެސް އެއްޗެއް ނުލައި، ނާޒުކު ހާލަތެއްގައި އަދި ތިބާގެ ޕްރޮފެޝަނަލިޒަމްއާއި އަދަބުވެރިކަމަށް ފުރިހަމައަށް އިތުބާރުކޮށްގެން" ކަމަށެވެ.

ކޫދަލިންގަމްއަކީ ދިވެހިރާއްޖެއިން ސްޕޮންސަރޝިޕް ވިސާއެއްގައި 2021 ވަނަ އަހަރު އިނގިރޭސި ވިލާތައް ދިޔަ މީހެއްކަމަށް ކޯޓުން ބުނެފައިވާތީ، ބައިނަލްއަގްވާމީ ނޫސްތަކުގައި މި ޚަބަރު ޝާޢިއުކޮށްފައި ވަނީ އޭނާ އަކީ ދިވެއްސެއްކަމަށް ބުނެއެވެ. ނަމަވެސް ރާއްޖޭގެ އިމިގްރޭޝަނުން މިވަނީ އޭނާ އަކީ ދިވެއްސެއްނޫންކަމަށް ބުނެފައެވެ.

އޭނާއަށް ވަނީ 4 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި އޭނާ ދޫކޮށްލެވޭނީ ހުކުމުގެ ތިންބައިކުޅަ ދެބައި ފުރިހަމަކުރުމަށްފަހުގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގަވާއިދާ ހިލާފަށް އުޅުނު 3 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިޚަބަރު | 2 ދުވަސް ކުރިންފަހު ދިހައެއްގައި އިމިގްރޭޝަނުން ޚިދުމަތްދޭ ގަޑިތައް ހާމަކޮށްފިޚަބަރު | 8 ދުވަސް ކުރިންގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް އިއްޔެ އެކަނިވެސް 60 ބިދޭސީއަކާ ސުވާލުކޮށްފިޚަބަރު | 22 ދުވަސް ކުރިންގަވާއިދާ ހިލާފަށްއުޅުނު 10 ބިދޭސީން އިމިގްރޭޝަންގެ ބެލުމެދަށަށްޚަބަރު | މަހެއް ކުރިން