logo
Bank of Maldives

Bank of Maldives

ޚަބަރު

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން މިހާތަނަށް 8,000 އަށް ވުރެ ގިނަ މީހުން ފޮނުވާލައިފި

އާމިނަތު ޝަފާ
29 އޯގަސްޓު 2025 - 06:18
އިމިގްރޭޝަނުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގެ ތެރެއިން -- ފޮޓޯ/ އިމިގްރޭޝަން
އިމިގްރޭޝަނުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގެ ތެރެއިން -- ފޮޓޯ/ އިމިގްރޭޝަން

2023 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 17 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ޤަވާއިދާ ޚިލާފަށް އުޅުނު 8،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްލާފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނާއި ދާޚީލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް އިމިގްރޭޝަނުން ދަނީ މާލެ ސަރަހައްދާއި އަތޮޅުތެރޭގައިވެސް ޚާއްސަ ރެއިޑް އޮޕްރޭޝަންތައް ހިންގަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެންދުރު ޓީވީގެ އެކްސްކުލޫސިވްގައި މި އޮޕަރޭޝަންތަކުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ދެއްވަމުން ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރ އަހުމަދު ވަހީދު ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން މިހާތަނަށް ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 8،000 އަށް ވުރެ ގިނަ ބިދޭސީން ފޮނުވާލެވިފައިވާކަމަށެވެ.

" 2023 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 17 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ޤަވާއިދާ ޚިލާފަށް އުޅުނު 8،000 އަށް ވުރެ ގިނަ ބިދޭސީން ފޮނުވާލެވިފައި މިވަނީ. ހަގީގަތުގައި މިއީ ވަރަށް ގިނަ ފަރާތްތަކުގެ އެއްބާރުލުމާއެކު ހޯދުނު ކާމިޔާބީއެއް. 270 އޮޕަރޭޝަނެއް މިހާތަނަށް މިވަނީ ހިންގިފައި. އަޅުގަނޑު ދަންނަވާނީ މިއީ ބޮޑު އަދަދެކޭ. މިހާރުވެސް އެދަނީ ކުރިއަށް އޮޕަރޭޝަންސްތައް". ވަހީދު ވިދާޅުވިއެވެ.

ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރ އަހުމަދު ވަހީދު އިތުރަށް ވިދާޅުވީ އިމިގްރޭޝަނުގެ މަސައްކަތަކީ ކުށްވެރިކުރުން ނޫންކަމަށާއި ގާނުނުގެ ތެރެއަށް ވެއްދުންކަމަށެވެ. ވުމާއެކު ގަވާއިދުގެ ތެރެއަށް ވަނުމަށް އިމިގްރޭޝަނުން ނަސޭހަތްތެރިވާކަމަށާއި ޑީޕޯޓްކޮށްފޮނުވާލާނީ ތަކުރާރުކޮށް ނަސޭހަތްދިނުމުންވެސް ގަވާއިދުގެ ތެރެއަށް ނުވަންނަ މީހުންކަމަށް އަހުމަދު ވަހީދު ވިދާޅުވިއެވެ.

އިމިގްރޭޝަނުން ޑީޕޯޓްކުރި ބިދޭސީންގެ ތެރޭގައި ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް ވިޔަފާރިކުރާ މީހުންނާއި ޑޮކިއުމަންޓްތައް ފުރިހަމަ ނޫން މީހުން ގިނަ އަދަދަކަށް ހިމެނެއެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން "އޮޕަރޭޝަން ކުރަނގި" ފަށާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 3ވަނަ ދުވަހުއެވެ. މި މަސައްކަތް ކުރިއަށްގެންދަނީ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާ އާއި ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް އިމިގްރޭޝަން ގުޅިގެންނެވެ.

އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ. އެގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމާއި އެ ބިދޭސީ މީހާ ވަޒީފާ އަދާކުރަނީ ރާއްޖޭގައި ހެދިފައިހުރި ޤާނޫނާއި ޤަވާއިދުގެ ދަށުންތޯ މި އޮޕަރޭޝަނުގެ ތެރެއިން ޔަގީންކޮށްފައިވެއެވެ.

ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށް، ނިޒާމީ ގޮތުން މިމައްސަލަ ހައްލުކުރުމަށް ދިމާވެފައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިމުގާ ޕޯޓަލް މެދުވެރިކޮށް މިހާރު ޕާސްޕޯޓް ކޮޕީއަށް އެދި ހުށައެޅޭނެ!ޚަބަރު | 5 ދުވަސް ކުރިންގަވާއިދާ ހިލާފަށް އުޅުނު 3 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިޚަބަރު | މަހެއް ކުރިންފަހު ދިހައެއްގައި އިމިގްރޭޝަނުން ޚިދުމަތްދޭ ގަޑިތައް ހާމަކޮށްފިޚަބަރު | މަހެއް ކުރިންގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް އިއްޔެ އެކަނިވެސް 60 ބިދޭސީއަކާ ސުވާލުކޮށްފިޚަބަރު | 2 މަސް ކުރިން