logo
Bank of Maldives

Bank of Maldives

ޚަބަރު

އިބަމަ ޕޮރޮގްރާމް ނުފެށި ހުރި އަތޮޅުތަކުގައި މިއަހަރު މި ޕްރޮގްރާމް ފަށަނީ

ނުހާ އަޙްމަދު
8 އޯގަސްޓު 2025 - 04:30
އިބަމަ ޕޮރޮގްރާމް ނުފެށި ހުރި އަތޮޅުތަކުގައި މިއަހަރު މި ޕްރޮގްރާމް ފަށަނީ

"އިބަމަ ޕޮރޮގްރާމް " ނުފެށި ހުރި ބައެއް އަތޮޅުތަކުގައި ފެށުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގިއާ ބެހޭ ވުޒާރާއިން ދަނީ ތައްޔާރުވަމުން ކަމަށް ސީނިއަރ ޗައިލްޑް ޕްރޮޓެކްޝަން އޮފިސަރ ތަސްލީމް އަބްދުއްރަހީމް ވިދާޅުވެއްޖެ އެވެ.

ތަސްލީމް މިހެން ވިދާޅުވީ، މެންދުރުޓީވީގެ މައުޟޫ ޕޮރޮގްރާމްގައި ވާހަކަދައްކަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ތަސްލީމް ވިދާޅުވީ، އިބަމަ ޕްރޮގްރާމަކީ ، "އިޖްތިމާއީ ބަދަހި މަދަދުވެރިން" އެ ނަމުގައި ކުރިޔަށްގެންދާ ޕޮރޮގްރާމެއް ކަމަށާއި، އެ ޕޮރޮގްރާމް ގެ ބޭނުމަކީ، މުޖުތަމައުގައި ހުރި އިޖްތިމާއީ މައްސަލަތަކަށް ހައްލު ހޯދައިދެވޭނެ ނިޒާމެއް ގާއިމު ކުރުން ކަމަށެވެ.

އެ ނިޒާމް ގާއިމް ކުރަނީ، ރައް ރަށުގަިއ ހުރި އިޖްތިމާއީ ރައްކާތެރިކަން ފޯރުކޮށް ދިނުމުގެ ވިއުގައިގައި ހިމެނޭ ނުވަތަ މެންޑޭޓް ކުރެވިފައިވާ މުއައިސާތަކާ އެއްކޮށް ކުރެވޭ މަސައްކަތްުގެ ތެރެއިންކަމަށް ތަސްލީމް ވިދާޅުވިއެވެ.

މާލީ ހާލަތު ދައްވެފައިވާ އާއިލާއަކަށް އެހީތެރިކަން ނުދެވުމުގެ ސަބަބުން އެފަދަ އާއިލާ އަކުން ބޮޑުވަމުން އަންނަ ކުދިން ކުށުގެ މާހައުލަށް ދިއުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ތަސްލީމް ވަނީ ފާހަގަ ކުރައްވާފައެވެ.

އަޅުގަނޑުމެން ބޭނުން ވަނީ އެ ފަދަ އާއިލާ ތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދީގެން މި ދަންނަވާހެން އެކަހަލަ ކުދިން ކުށުގެ ވެއްޓަށް ދިއުމުގެ ކުރިން އެކުދިން ސަލާމަތް ކޮށް އެ ކުދިންނަކީ ވެސް މުޖުތަމައުގައި އަބުރުވެރި ކަމާ އެކު ދިރިއުޅެވޭނެ ކުދިންތަކެއް ގޮތުގައި ބޮޑުކުރުމަށް

އިބަމަ ޕޮރޮގްރާމް ނުފެށި ހުރި އަތޮޅުތައްކަމަށްވާ އއ. ކ އަދި ތ އަތޮޅުގައި މިއަހަރު ނިމުމުގެ ކުރިން އިބަމަ ތަމްރީނުތައް ފަށާނެ ކަމަށް ތަސްލީމް ވިދާޅުވިއެވެ. އެގޮތުން މިހާތަނަށް 900 އަށް ވުރެ ގިނަ ބައިވެރިން ތަމްރީނުކުރެވިފައިވާ ކަމަށް ވެސް ތަސްލީމް ވަނީ ވިދާޅުވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފޭސްބުކް މާކެޓް ޕްލޭސްއިން އެއްޗެހި ގަތުމުގައި ސަމާލުވާން ފުލުހުން އިލްތިމާސްކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންއިބަމަ ޕޮރޮގްރާމް ނުފެށި ހުރި އަތޮޅުތަކުގައި މިއަހަރު މި ޕްރޮގްރާމް ފަށަނީ ޚަބަރު | މަހެއް ކުރިން