logo
Bank of Maldives

Bank of Maldives

ޚަބަރު

ފޭސްބުކް މާކެޓް ޕްލޭސްއިން އެއްޗެހި ގަތުމުގައި ސަމާލުވާން ފުލުހުން އިލްތިމާސްކޮށްފި

ނުހާ އަޙްމަދު
17 ސެޕްޓެމްބަރު 2025 - 17:09
ފޭސްބުކް މާކެޓް ޕްލޭސްއިން އެއްޗެހި ގަތުމުގައި ސަމާލުވާން ފުލުހުން އިލްތިމާސްކޮށްފި

ފޭސްބުކް މާކެޓްޕްލޭސް އިން އެއްޗެހި ގަތުމުގައިި ސަމާލުވާން ފުލުހުން އިލްތިމާސް ކޮށްފިއެވެ.

މެންދުރު ޓިވީގެ " މައުޟޫ " ޕްރޮގްރާމުގައި ސްކޭމްގެ މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ފުލުހުންގެ ސާޖެންޓް އަލީ ރައްޒާން ވިދާޅުވީ، މިފަހުން ވަރަށް ގިނައިން ފޭސްބުކް މާކެޓް ޕްލޭސްއާއި އޮންލައިން ވިޔަފާރީގައި ސްކޭމްކުރުމުގެ މައްސަލަތައް ހުށަހަޅާފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައްޒާން ވިދާޅުވީ، މިފަދަ ސްކޭމްގެ މައްސަލަތަކުން ރައްޔިތުން ހޭލުންތެރި ކުރުމަށް ތަފާތު ޕްރޮގްރާމް ތަކެއް ކުރިޔަށް ގެންދަން ރާވާ ނިންމާފައިވާ ކަމަށެވެ. އެގޮތުން " ސްކޭމް އައްޑަނަ" ގެ ނަމުގައި ބީއެމްއެލްއާ ގުޅިގެން އަތޮޅުތެރޭގ ރަށްރަށުގައި އެކި ސެޝަންތައް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ރައްޒާން ވިދާޅުވިއެވެ.

" އެ ސެޝަންތަކަށް ވެސް ދުރުވާށޭ، ދުރުވެ މި މައުލޫމާތުތައް އިނގޭށޭ، އެއްޗެއް އެނގުމަކުން އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭނެއޭ. ނޭނގި ތިބެ އަޅުގަނޑުމެން އަމިއްލަ އަށް މި ހުށަހެޅެނީ މި ފަދަ މައްސަލައިގެ ތެރެއަށް" : ސާޖެންޓް އަލީ ރައްޒާން

ރައްޒާން ވަނީ، މާކެޓް ޕްލޭސްއިން ތަކެތި ގަންނައިރު އެ ތަކެތި އަތަށް ނުލިބެނީސް ފައިސާގެ މުއާމާލާތް ނުކުރުމަށާއި، ފައިސާގެ މުއާމަލާތް ކުރުމުގައި އެންމެ ބޮޑަށް ޔަގީން ކޮށްފައި ނޫނީ އެފަދަ ކަމެއް ނުކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރަށް 6 މަސް ފުރިފައިވާ އިރު، ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި މި ސެންޓަރަށް، ތަފާތު އެކި ބާވަތްތަކުގެ ސްކޭމްގެ 1059 މައްސަލަ ރިޕޯޓުކުރެވިފައިވާކަމަށް ތަަފާސްހިސާބު ތަކުން ދައްކައެވެ. މީގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކުރެވިފައިވަނީ އީ-ކޮމާސް ސްކޭމްގެ މައްސަލައެވެ. އެގޮތުން އެފަދަ 491 މައްސަލައާއި، ބޭރު ފައިސާ މާރުކުރުމުގެ 250 މައްސަލައާއި، އެހެން މީހެއްގެ ގޮތުގައި ދެއްކުމުގެ (އިމްޕަރސަނޭޝަން) 130 މައްސަލައާއި، އިންވެސްޓްމަންޓް ސްކޭމްގެ 32 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

މީގެ އިތުުރުން ވެސް ސްކޭމްގެ އެހެނިހެން ބާވަތްތަކުގެ މައްސަލަ ވެސް ރިޕޯޓުކޮށްފައިވެއެވެ.މި މައްސަލަތަކުގައި ޖުމުލަ -/11،040،491.28ރ (އެގާރަ މިލިއަން ސާޅީސްހާސް ހަތަރުސަތޭކަ ނުވަދިހަ އެއް ރުފިޔާ އަށާވީސް ލާރި) އަދި 138،060.85 ޔޫއެސް.ޑޮލަރުގެ ގެއްލުންވެފައިވެއެވެ. މީގެ ތެރެއިން -/2،515،484.13ރ (ދެމިލިއަން ފަސްލައްކަ ފަނަރަހާސް ހަތަރުސަތޭކަ އަށްޑިހަ ހަތަރު ރުފިޔާ ތޭރަ ލާރި) އަދި 31،9737 ޔޫއެސް ޑޮލަރު ތަހުގީގުގެ ތެރެއިން ވަނީ އަނބުރާ ހޯދާފައެވެ.

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފޭސްބުކް މާކެޓް ޕްލޭސްއިން އެއްޗެހި ގަތުމުގައި ސަމާލުވާން ފުލުހުން އިލްތިމާސްކޮށްފިޚަބަރު | 4 ގަޑިއިރު ކުރިންއެންޓި-ސްކޭމް ސެންޓަރު އުފެދުނު ފަހުން މިހާތަނަށް ދެމިލިއަނަށް ވުރެ ގިނަ ފައިސާ އަނބުރާ ހޯދައިފިޚަބަރު | 11 ގަޑިއިރު ކުރިންވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގަވާއިދާ ހިލާފަށް ޑޮލަރު މާރުކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިޚަބަރު | 15 ގަޑިއިރު ކުރިންހިނގާބިނގާވެ އުޅުމަށް ދަތިވާގޮތަށް، ޕާކްކުރާ އުޅަނދުތައް ޓޯ ކުރަނީޚަބަރު | 2 ދުވަސް ކުރިން