logo
Bank of Maldives

Bank of Maldives

ޚަބަރު

ރިސޯޓެއްގެ ވޯޓާ ވިލާއެއްގައި ރޯވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
11 އޯގަސްޓު 2025 - 06:34
ވޯޓަރ ވިލާގައި ރޯވެފައި، ފޮޓީ: އެމްއެންޑީއެފް
ވޯޓަރ ވިލާގައި ރޯވެފައި، ފޮޓީ: އެމްއެންޑީއެފް

ރިސޯޓެއްގެ ވޯޓަރ ވިލާއެއްގައި ރޯވެއްޖެއެވެ.

ރޯވެފައި ވަނީ އދ. އަތޮޅުގައި އޮންނަ ކުޑަރަށް ރިސޯޓްގެ ވޯޓާ ވިލާއެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މަޢުލޫމާތުދިން ގޮތުގައި، އެތަނުގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރމަނުން ވަނީ އެ ރިސޯޓަށް ދަތުރު ފަށާފައެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު ހެނދުނު 10:52 ހާއިރުއެވެ. އަދި، އެމްއެންޑީއެފްގެ ފަޔަރ ޓީމް އެ ރިސޯޓަށް ދިޔުމަށް މާލެއިން ފުރާފައިވަނީ 11:05 ހާއިރުއެވެ.

އެމްއެންޑީއެފުން އިތުރަށް ހާމަކުރި ގޮތުގައި، މި ވަގުތު ރިސޯޓުގެ އަމިއްލަ ފަޔަރ ޓީމެއް ދަނީ އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންނެވެ.

މި ހާދިސާއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ. އަދި އަލިފާން ރޯވި ސަބަބާއި ލިބުނު ގެއްލުމުގެ ތަފްސީލީ މަޢުލޫމާތު ވެސް އަދި ނުލިބެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުވައްމުލަކު ފުނާޑު އަވަށު ޗަސްބިން ސަރަޙައްދުގައި އަލިފާން ރޯވެއްޖެޚަބަރު | 11 ދުވަސް ކުރިންކެފޭއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބިދޭސީއަކަށް އަނިޔާވެއްޖެޚަބަރު | 11 ދުވަސް ކުރިންމާލޭގެ ހަތް ތަނެއްގައި ޕަމްޕު ބަހައްޓައިގެން ފެން ހިންދަނީޚަބަރު | 14 ދުވަސް ކުރިންއެމްއެންޑީއެފުން ކުރިއަށްގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފިޚަބަރު | 17 ދުވަސް ކުރިން