logo
Bank of Maldives

Bank of Maldives

ޚަބަރު

ކެފޭއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބިދޭސީއަކަށް އަނިޔާވެއްޖެ

އައިޝަތު ނަޝާ
29 ނޮވެމްބަރު 2025 - 10:21
ކެފޭއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބިދޭސީއަކަށް އަނިޔާވެއްޖެ

މާލޭގެ ކެފޭއެއްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައި ބިދޭސީއެއްގެ ފައި ފިހިއްޖެއެވެ.

މިއަދު 12:53 ހާއިރު، އެމްއެންޑީއެފުން ބުނީ، ހ. ވިލާ ޓީވީ ކައިރީ ހުންނަ އަލް ޒައިދު ކެފޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފަޔާފައިޓަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްއެންޑީއެފުން މަޢުލޫމާތު ދިން ގޮތުގައި، ކެފޭގައި ރޯވި އަލިފާން ކޮންޓްރޯލް ކުރެވިފައި ވަނީ 13:07 ހާއިރުއެވެ.

އެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފް އާއި، ފުލުހުންގެ އިތުރުން ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ވެސް ޙަރާތްތެރި ވެފައި ވެއެވެ.

އެންޑީއެމްއޭއިން ބުނީ، މި ހާދިސާގައި ބިދޭސީއެއްގެ ފައި ކޮންމެވެސް މިންވަރަކަށް ފިހުނު ކަމަށެވެ. ނަމަވެސް އެއްވެސް މީހަކަށް އިންސާނީ އެހީ ބޭނުންވާ ހާލަތަކަށް ގޮސްފައިނުވާ ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވެއްޖެޚަބަރު | 13 ދުވަސް ކުރިންފޮނަދޫ ކުރިގަމު އަވަށު ދަނޑުބިމުގައި ހުރި ގުދަނެއްގައި ރޯވެއްޖެޚަބަރު | 16 ދުވަސް ކުރިންހުޅުމާލެ ވަން އެވެނިއުގެ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއްޚަބަރު | 19 ދުވަސް ކުރިންޕެޓްސް މުބާރާތުން ރަން މެޑަލް ހޯދި ޓީމަށް ހޫނު މަރުހަބާއެއް ޚަބަރު | މަހެއް ކުރިން