logo
Bank of Maldives

Bank of Maldives

ޚަބަރު

ޕެޓްސް މުބާރާތުން ރަން މެޑަލް ހޯދި ޓީމަށް ހޫނު މަރުހަބާއެއް

މުޙައްމަދު އަފްރާޙް
14 ފެބްރުއަރީ 2026 - 12:18
ޕެޓްސް މުބާރާތުން ރަން މެޑަލް ހޯދި ޓީމަށް ހޫނު މަރުހަބާއެއް

ޕާކިސްތާނުގައި ބޭއްވި "އިންޓަރނޭޝަނަލް ޕާކިސްތާން އާމީ ޓީމް ސްޕިރިޓް (ޕެޓްސް) ކޮމްޕެޓިޝަން 2026" ގައި ބައިވެރިވެ ރަން މެޑެލް ހޯދި އެމްއެންޑީއެފްގެ ޓީމަށް އެ އިދާރާ އިން ހޫނު މަރުަބާއެއް ކިޔައިފިއެވެ.

އެޓީމު ރާއްޖެ އައިސްފައިވަނީ މިއަދުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މުބާރާތުގައި ބައިވެރިވި އެމްއެންޑީއެފްގެ ޓީމު ރާއްޖެ އައުމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެ ޓީމަށް މަރުހަބާ ދެންނެވީ، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއާއި ސްޕެޝަލް ފޯސަސްގެ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް އަޙްމަދު ރަޝީދެވެ. އަދި ޓީމް ހެޑް ކުއޯޓަރޒަށް ދިޔުމުން ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ އިތުރުން ޖެނެރަލް އޮފިސަރުންނާއި، ގިނަ އަދަދެއްގެ ސިފައިން ވަނީމަރުހަބާއެއް ދަންނަވާފައެވެ.

ސިފައިން ހޯދި ކާމިޔާބީ ފާހަގަކުރައްވާ ހިތްވަރު ދެއްވަމުން ދިފާޢީ ވަޒީރު ވިދާޅުވީ، ސިފައިން ހޯދި ކާމިޔާބީއިން ދައްކުވައިދިނީ އަޅުގަނޑުމެންގެ އަތުގައި އެންމެ ޒަމާނީ ވަޞީލަތްތައް ނެތްނަމަވެސް ދިވެހި އަސްކަރިއްޔާގެ ސިފައިންނަކީ ދުނިޔޭގެ ކޮންމެ ބަޔަކާވެސް ވާދަކުރެވޭ ވަރުގެ ހިތްވަރާއި، ޢަޒުމް ކަމަށެވެ. އަދި ފެންވަރާއި، ބުންވަރު ހުރި ބައެއް ކަމަށާއި ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ސިފައިންގެ ވަޞީލަތްތައް ޤާއިމުކުރުމުގެ މަސައްކަތާއި، ޢުމްރާނީގޮތުން ސިފައިންގެ މަރުކަޒުތައް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރައްވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިމަހުގެ 5 އިން 7 އަށް ޕާކިސްތާނުގެ ނޭޝަނަލް ކައުންޓަރ ޓެރެރިޒަމް ސެންޓަރ ( ޕަބި) ގައި ކުރިއަށް ގެންދިޔަ މިމުބާރާތަކީ އަސްކަރީ ޤާބިލުކަން އިތުރުކުރުމަށްޓަކައި ހިންގާ އެންމެ މަތީ ފަންތީގެ މުބާރާތެކެވެ. މި މުބާރާތުގައި އަސްކަރީ ގޮތުން ބޭނުންކުރާ އުކުޅުތަކާއި، އެކިއެކި ހާލަތްތަކުގައި ޢަމަލުކުރާނެ ގޮތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފްއިން ވަނީ ހާމަކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގިރިފުށީގެ ބިން ހިއްކުމާއި ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ރަސްމީކޮށް އިފުތިތާހުކޮށްފިޚަބަރު | 13 ގަޑިއިރު ކުރިންޕާކިސްތާނުގައި ހެލިކޮޕްޓަރެއް ވެއްޓި 22 މީހުން މަރުވެއްޖެދުނިޔެ | 9 ދުވަސް ކުރިންމާލޭ މަގުތަށް ފެންބޮޑުވަމުންދާތީ، ފެން ހިންދުމުގެ މަސައްކަތް ފަށައިފިޚަބަރު | 9 ދުވަސް ކުރިންލޯންޗެއް އެކްސިޑެންޓްވެ ފަޅުވެރިންނަށް ބޮޑެތި އަނިޔާތަކެއް ލިބިގެން ފަރުވާދެނީޚަބަރު | 20 ދުވަސް ކުރިން