logo
MPL

MPL

ޚަބަރު

ޕާކިސްތާންގެ ފަސް ޔުނިވަސިޓީއަކާއެކު އެއްބަސްވުންތަކެއް ހަދައިފި

އަޙުމަދު ރަމީޒު
26 އޮކްޓޯބަރު 2026 - 05:14
އެމްއެންޔޫއިން ޕާކިސްތާންގެ ޔުނިވަސިޓީތަކާއެކު ސޮއިކުރަނީ
އެމްއެންޔޫއިން ޕާކިސްތާންގެ ޔުނިވަސިޓީތަކާއެކު ސޮއިކުރަނީ

މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) އިން ޕާކިސްތާނުގެ ފަސް ޔުނިވަސިޓީއަކާއެކު އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ.

އެމްއެންޔޫ އިން ސޮއިކުރީ ޕާކިސްތާނުގެ ނެޝެނަލް ޔުނިވާސިޓީ އޮފް ސައިންސަސް އެންޑް ޓެކްނޮލޮޖީ އާއި، ޕީއެމްއޭސްއެސް-އެރިޑް އެގްރިކަލްޗާ ޔުނިވާސިޓީ ރާވަލްޕިންޑީ އާއި، ޔުނިވާސިޓީ ވާހު އާއި، ގަވަރުމަންޓް ކޮލެޖު ޔުނިވާސިޓީ ލާހޯރްގެ އިތުރުން ފައުންޑޭޝަން ޔުނިވަސިޓީ އިސްލާމްއާބާދުއާ އެކު އެވެ.

ޕާކިސްތާންގައި އިއްޔެ އޮތް ރަސްމިއްޔާތެއްގައި އެ ޔުނިވަސިޓީތަކާ އެކު އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލާ ޑރ. އައިޝަތު ޝެހެނާޒެވެ.

އެމްއެންޔޫ އިން ބުނީ މި އެއްބަސްވުންތަކުގެ ދަށުން އެމްއެންޔޫއާއި ޕާކިސްތާންގެ ޔުނިވަސިޓީތަކާ ގުޅިގެން ދިރާސާތައް ކުރުމާއި، މާސްޓާސް ޕްރޮގްރާމްތަކާއި އަދި ސްޓޫޑަންޑް އެކްސްޗޭންޖްގެ ކަންކަމަށް މަގުފަހި ކުރެވޭނެ ކަމަށެވެ.

އެމްއެންޔޫގެ ގާބިލްކަން އިތުރުކޮށް ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ތައުލީމީގޮތުން އިތުރަށް ގުޅުންތައް ވަރުގަދަ ކުރެވޭނެ ކަމަށްވެސް އެމްއެންޔޫ އިން މައުލޫމާތު ދީފައިވެ އެވެ.

އެމްއެންޔޫ އިން ޕާކިސްތާނުގެ ފަސް ޔުނިވަސިޓީއަކާއެކު އެއްބަސްވުންތަކެއްގައި ސޮއިކޮށްފައި މިވަނީ ނިމިދިޔަ ހަފްތާގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައި ވަނިކޮށެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕާކިސްތާންގެ ފަސް ޔުނިވަސިޓީއަކާއެކު އެއްބަސްވުންތަކެއް ހަދައިފިޚަބަރު | 27 މިނިޓު ކުރިންކުރިއަށް އޮތް 2 އަހަރު ތެރޭ ދެ ގައުމުގެ ވިޔަފާރި 200 މިލިއަން ޑޮލަރަށް އަރާނެ: ޕާކިސްތާނު ބޮޑުވަޒީރުޚަބަރު | 5 ދުވަސް ކުރިންރާއްޖެ-ޕާކިސްތާން ގުޅުމަށް 60 އަހަރު: ޕާކިސްތާނުން ރައީސްގެ ދެ ކަނބަލުންނަށް ހޫނު މަރުޙަބާއެއްޚަބަރު | 6 ދުވަސް ކުރިންޕާކިސްތާނުގައި ހެލިކޮޕްޓަރެއް ވެއްޓި 22 މީހުން މަރުވެއްޖެދުނިޔެ | 4 މަސް ކުރިން