logo
Bank of Maldives

Bank of Maldives

ދުނިޔެ

ޕާކިސްތާނު ކަޝްމީރުގައި އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓި 22 މީހުން މަރުވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
12 ޖޫން 2026 - 13:22
ޕާކިސްތާނުގައި އަސްކަރީ ހެލިކޮޕްޓަރ ވެއްޓިފައި، ފޮޓޯ: ރޮއިޓާސް
ޕާކިސްތާނުގައި އަސްކަރީ ހެލިކޮޕްޓަރ ވެއްޓިފައި، ފޮޓޯ: ރޮއިޓާސް

ޕާކިސްތާނުގެ ކޮންޓްރޯލް އޮންނަ ކަޝްމީރުގެ ސަރަހައްދުގައި ބުދަ ދުވަހު އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓުމުގެ ހާދިސާގައި މަދުވެގެން 22 ސިފައިން މަރުވެފައިވާ ކަމަށް ސަލާމަތީ ބާރުތަކުން ބުރާސްފަތި ދުވަހު ކަށަވަރުކޮށްދީފިއެވެ.

މި ހާދިސާއާ ގުޅިގެން މަރުވި މީހުންގެ ޖަނާޒާގެ ކަންކަން އެ ސަރަހައްދުގެ ވެރިރަށް މުޒައްފަރްއާބާދުގައި މިހާރު ވަނީ ކުރިއަށް ގެންގޮސްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހާދިސާ ހިނގި ސަރަހައްދުން ފެންނަ ވީޑިއޯތަކުން ފެންނަ ގޮތުގައި، ހެލިކޮޕްޓަރު ވެއްޓުނު އިމާރާތްތަކުގެ ފަހަތުން ބޯ ކަޅު ދުންތަކެއް އަރަމުންދިޔައެވެ. މި ހާދިސާގައި މަރުވި ސިފައިންގެ ހަށިތައް ވަޅުލުމަށް ގެންދެވުނީ ޕާކިސްތާނުގެ ދިދަ އޮޅާފައިވާ ސަންދޯއްތަކުގައެވެ. އަދި ކަޝްމީރުގައި ގާއިމުވެފައިވާ އާޓިލަރީ ޔުނިޓުގެ މެންބަރުން ވަނީ އަސްކަރީ އިއްޒަތުގައި މި ސަންދޯއްތައް އުފުލާފައެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުދަ ދުވަހު ހާމަކުރި ގޮތުގައި، Mi-17 މާކުގެ މި ހެލިކޮޕްޓަރު ވެއްޓެން ދިމާވީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުންނެވެ. އަދި މި ހާދިސާގައި ހެލިކޮޕްޓަރުގައި ތިބި ހުރިހާ އެންމެން މަރުވެފައިވާ ކަމަށްވެސް އަސްކަރިއްޔާއިން ވަނީ ބުނެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ޓެކްނިކަލް ސަބަބު ދެނެގަތުމަށްޓަކައި މިހާރު ވަނީ ތަހުގީގެއް ފަށާފައެވެ.

މި ހާދިސާ ހިނގާފައިވަނީ ކަޝްމީރުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެއީ ދާދި ފަހުން މަނާކުރި މަދަނީ ޖަމިއްޔާތަކުގެ އިއްތިހާދަކަށް ތާއީދުކުރާ މީހުންނާއި ސަލާމަތީ ބާރުތަކާ ދެމެދު އާދީއްތަ ދުވަހު ހިނގި ކުރިމަތިލުންތަކެއްގައި 11 މީހުން މަރުވުމާ ގުޅިގެންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕާކިސްތާނުގައި ހެލިކޮޕްޓަރެއް ވެއްޓި 22 މީހުން މަރުވެއްޖެދުނިޔެ | 2 ގަޑިއިރު ކުރިންޓްރަމްޕްގެ މަސައްކަތަށް ޕާކިސްތާނުގެ ބޮޑުވަޒީރު މަރުހަބާ ވިދާޅުވެއްޖެދުނިޔެ | 20 ދުވަސް ކުރިންއެމެރިކާ އާއި އީރާނުގެ މެދުގައި މަތީ ފަންތީގެ ސުލްޙައިގެ މަޝްވަރާތައް ފަށައިފިދުނިޔެ | 2 މަސް ކުރިންޓްރަމްޕް ހިމެނޭހެން އެމެރިކާގެ އިސްވެރިންތަކެއް މަރާލަން އުޅުނުކަމުގެ ތުހުމަތު ޕާކިސްތާން މީހަކަށްދުނިޔެ | 3 މަސް ކުރިން