logo
MPL

MPL

ޚަބަރު

މަރުހޫމް މަހުދީއަށް އިޓަލީގެ އެންމެ މަތީ ޝަރަފް

އަޙުމަދު ރަމީޒު
29 އޮކްޓޯބަރު 2026 - 06:37
މުހައްމަދު މަހުދީ
މުހައްމަދު މަހުދީ

ކަނޑުމަތީގެ ހާދިސާއެއްގައި ބަޔަކު ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ނިޔާވި އެމްއެންޑީއެފްގެ ޑައިވަރު ސްޓާފް ސާޖަންޓް މުހައްމަދު މަހުދީއަށް މަދަނީ ހިތްވަރުގަދަކަމުގެ އެންމެ މަތީ ޝަރަފު ކަމަށްވާ "ގޯލްޑް މެޑަލް ފޯ ސިވިލް ވެލާ" ދޭން އިޓަލީން ނިންމައިފި އެވެ.

ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައި ހުންނަ އިޓަލީގެ އެމްބަސީން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ މަހުދީގެ ހަނދާނުގައި އޭނާއަށް އެ ޝަރަފު އަރުވަނީ އާދަޔާހިލާފު މަދަނީ ހިތްވަރުގަދަކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ މަހުދީ ފަދަ ހިދުމަތްތެރިންގެ އަގުވަޒަންކޮށް އިޓަލީން ދޭ އެންމެ މަތީ ޝަރަފެވެ.

މަހުދީއަށް ޝަރަފު ދިނުމުގެ އިތުރުން މަހުދީގެ އާއިލާއަށް އެހީތެރިވުމަށް ފައިސާ ހޯދުމުގެ ހާއްސަ ހަރަކާތެއްވެސް އެމްބަސީން ވަނީ ފަށާފަ އެވެ.

ފައިސާ ހޯދުމުގެ ހަރަކާތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ލަންކާގައި ހުންނަ އިޓަލީ އެމްބަސީ އާއި މާލޭގައި ހުންނަ އެ ގައުމުގެ އޮނަރަރީ ކޮންސިއުލާ އޭޖެންސީ ގުޅިގެންނެވެ.

މަހުދީގެ އާއިލާއަށް ހޯދައިދޭ ހުރިހާ ފައިސާއެއް އޭނާގެ ވާރިސުންނާ ހަވާލުކުރާނެ ކަމުގެ ޔަގީންކަންވެސް އެމްބަސީން ވަނީ ދީފަ އެވެ. މި އެހީތެރިކަމުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް އެމްބަސީން ވަނީ ދުރާލައި ޝުކުރުވެސް އަދާކޮށްފަ އެވެ.

އެމްއެންޑީއެފްގެ އެންމެ ތަޖުރިބާކާރު ޑައިވަރު އަދި ސްޓާފް ސާޖަންޓް މަހުދީ ނިޔާވީ، ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހަޅައަކަށް ފީނުމުގެ ތެރޭގައި މަރުވި އިޓަލީގެ ޑައިވަރުންތަކެއްގެ ހަށިގަނޑު ނެގުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިދިޔަ މެއި މަހުގެ 16 ވަނަ ދުވަހު އެވެ.

މިހާދިސާގައި އިޓަލީގެ ފަސް ޓޫރިސްޓަކު މަރުވެފައިވެ އެވެ. އެމީހުންގެ ހަށިތައް ހޯދައި ނަގާފައި ވަނީ ރާއްޖެ އައި ފިންލޭންޑުގެ ތިން ޑައިވަރުން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައެވެ.

އިޓަލީގެ ސަރުކާރުން ވަނީ ފިންލެންޑްގެ ޑައިވަރުންނަށް "އޯޑާ އޮފް މެރިޓް" ގެ ޝަރަފު އަރުވާފައިވެ އެވެ. އެއީ އާންމު ރައްޔިތުންނަށް އިޓަލީން އަރުވާ އެންމެ މަތީ ޝަރަފެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަރުހޫމް މަހުދީއަށް އިޓަލީގެ އެންމެ މަތީ ޝަރަފްޚަބަރު | ގަޑިއިރެއް ކުރިންފުނަދޫ އަލިފާން: ހަތަރު ގެއަކާއި ގަރާޖުތަކެއްގައިވެސް ރޯވެއްޖެޚަބަރު | 4 ދުވަސް ކުރިންބޯކޮށް ވާރޭވެހި، ފެންބޮޑުވެފައިވާ ބައެއް ރަށްތަކަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިޚަބަރު | 6 ދުވަސް ކުރިންއީއީޒެޑް ތެރެއިން ގަވާއިދާ ހިލާފަށް އުޅުނު ބޭރުގެ މަސްބޯޓެއް ކޯސްޓްގާޑުން އަތުލައިގަނެފިޚަބަރު | މަހެއް ކުރިން