logo
Bank of Maldives

Bank of Maldives

ޚަބަރު

ފޮނަދޫ ކުރިގަމު އަވަށު ދަނޑުބިމުގައި ހުރި ގުދަނެއްގައި ރޯވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
23 ފެބްރުއަރީ 2026 - 20:07
ފޮނަދޫ ގުދަނުގައި ރޯވި އަލިފާން ނިއްވާލުމުގައި ސިފައިން ހަރަކާތްތެރި ވަނީ، ފޮޓޯ: އެމްއެންޑީއެފް
ފޮނަދޫ ގުދަނުގައި ރޯވި އަލިފާން ނިއްވާލުމުގައި ސިފައިން ހަރަކާތްތެރި ވަނީ، ފޮޓޯ: އެމްއެންޑީއެފް

ލ. ފޮނަދޫ ކުރިގަމު އަވަށު ދަނޑުބިން ހައްދާ ސަރަހައްދުގައި ހުރި ގުދަނެއްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކައްދޫ ފަޔަރ ސްޓޭޝަނަށް ލިބިފައިވަނީ ހޯމަ ދިވަހު މެންދުރުފަހު 15:26 ހާއިރުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރިޕޯޓް ލިބުމާއެކު ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން، އަލިފާން ވަނީ ނިއްވާލާފައެވެ. އަލިފާން އެއްކޮށް ނިއްވާލެވުނީ ހަވީރު 16:12 ހާއިރުއެވެ.

ނަމަވެސް، މިރޭ 19:45 ހާއިރު އަނެއްކާވެސް އެ ގުދަނުގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. މި މައުލޫމާތު ލިބުމާއެކު ކައްދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން އަލުން އެ ސަރަހައްދަށް ގޮސް މަސައްކަތްކޮށް، މިރޭ 20:29 ހާއިރު ވަނީ އަލިފާން އެއްކޮށް ނިއްވާލާފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

އަލިފާން ރޯވާން ދިމާވި ސަބަބު އަދި ސާފެއް ނުވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފޮނަދޫ ކުރިގަމު އަވަށު ދަނޑުބިމުގައި ހުރި ގުދަނެއްގައި ރޯވެއްޖެޚަބަރު | ގަޑިއިރެއް ކުރިންހުޅުމާލެ ވަން އެވެނިއުގެ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއްޚަބަރު | 3 ދުވަސް ކުރިންޕެޓްސް މުބާރާތުން ރަން މެޑަލް ހޯދި ޓީމަށް ހޫނު މަރުހަބާއެއް ޚަބަރު | 9 ދުވަސް ކުރިންމަސްދޯންޏެއްގައި ރޯވެ އަނދަނީޚަބަރު | 9 ދުވަސް ކުރިން