logo
MPL

MPL

ޚަބަރު

ފީއަލީގައި ތެޔޮ ބޯޓެއްގައި ރޯވުން: އިތުރު އުޅަނދުތަކެއްގައި އަލިފާން ހިފައި އައިސްޕްލާންޓުގައި ވެސް ރޯވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
9 އޭޕްރީލު 2026 - 06:03
ފީއަލީފައި އަލިފާނުގެ ހާދިސާ ހިނގާފައި، ފޮޓޯ: އެމްއެންޑީއެފް
ފީއަލީފައި އަލިފާނުގެ ހާދިސާ ހިނގާފައި، ފޮޓޯ: އެމްއެންޑީއެފް

ފ. ފީއަލީ ބަނދަރުގައި އަޅާފައި އޮތް ތެޔޮ ބޯޓެއްގައި މިއަދު ހެނދުނު ރޯވި ނުރައްކާތެރި އަލިފާނުގެ ހާދިސާ ކޮންޓްރޯލް ނުވެ، އެ ސަރަހައްދުގައި ހުރި އިތުރު އުޅަނދުތަކަކާއި ރަށުގެ އައިސްޕްލާންޓަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދީފައިވާ ގޮތުގައި، ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާން ރޯވެގެން ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 09:15 އެހައިކަންހާއިރުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހާދިސާގެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން ބުނީ، މި އަލިފާނުގެ ހާދިސާގައި ތެޔޮ ބޯޓުގެ އިތުރުން ބަނދަރުގައި އޮތް ދެ ދޯންޏަކަށާއި ދެ ޑިންގީއަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ. މީގެ އިތުރުން، އަލިފާންގަނޑު ފެތުރިގެން ގޮސް ބަނދަރު ސަރަހައްދުގައި ހުރި އައިސްޕްލާންޓުގައި ވެސް ވަނީ އަލިފާން ހިފާފައެވެ.

''އެ ސަރަހައްދުގައި ހުރި ފިއުލް ޝެޑަށް އަލިފާނުގެ އަސަރުކޮށް، ޑިސްޕެންސަރާއި ޝެޑުގެ ބައެއް ބައިތަކުގައި ވަނީ އަލިފާން ރޯވެފައި'' ފުލުހުން ބުންޏެވެ.

މި ހާދިސާގައި ބިދޭސީއަކަށް އަނިޔާވެ، އެކިވަރުގެ ފިހުންތަކާ ގުޅިގެން މިހާރު ދަނީ ފ. ފީއަލީ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންނެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި، ފީއަލީ ތެޔޮ ޖެޓީ ސަރަހައްދުގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފ. ނިލަންދޫ ފަޔަރ ސްޓޭޝަންގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

ރަށުގެ ރައްޔިތުންނާއި ފުލުހުން ވެސް ދަނީ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް މެދުނުކެނޑި މަސައްކަތް ކުރަމުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލެ އަމާން އުދަރެސް ޓަވަރަކުން މިއަދު މީހަކު ވެއްޓިއްޖެޚަބަރު | 3 ގަޑިއިރު ކުރިންސީޕީ އަހްމަދު މުހައްމަދު އެންޑީއެމްއޭގެ އިސްވެރިންނާ ބައްދަލުކުރައްވައިފިޚަބަރު | ދުވަހެއް ކުރިންއުސް އިމާރާތްތަކުގައި އަލިފާން ނިއްވުމަށް ޑްރޯން ބޭނުންކުރަން ތައްޔާރުވަނީޚަބަރު | 2 ދުވަސް ކުރިންފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިޔާމް ހަމަޖައްސަވައިފިޚަބަރު | 2 ދުވަސް ކުރިން