logo
Bank of Maldives

Bank of Maldives

ޚަބަރު

ފީއަލީގައި ތެޔޮ ބޯޓެއްގައި ރޯވުން: އައިސްޕްލާންޓާއި ތިން ދޯނި އަނދައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
9 އޭޕްރީލު 2026 - 06:40
  ފީއަލީގައި ތެޔޮ ބޯޓެއްގައި ރޯވުން: އައިސްޕްލާންޓާއި ތިން ދޯނި އަނދައިފި

ފ. ފީއަލީ ތެޔޮ ޖެޓީގައި އޮތް ތެޔޮ ބޯޓެއްގައި މިއަދު ހެނދުނު ރޯވި އަލިފާން ނިއްވާލައިފިއެވެ.

މި ހާދިސާގައި އެ ރަށުގެ އައިސްޕްލާންޓާއި އިތުރު ތިން ދޯންޏެއް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްއެންޑީއެފުން މަޢުލޫމާތު ދޭ ގޮތުގައި މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 09:30 ހާއިރުއެވެ. ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ނިލަންދޫ ފަޔަރ ސްޓޭޝަނާއި ކުޑަހުވަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. ފަޔަރ ފައިޓަރުންނާއި ރަށުގެ ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވުނީ މިއަދު ހެނދުނު 10:35 ހާއިރުއެވެ.

މި ހާދިސާގައި ތެޔޮ ބޯޓުގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތަކަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.

"މި ހާދިސާގައި ތެޔޮ ދޯނީގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މީހަކު ވަރަށް ބޮޑަށް ފިހިގެން މިހާރު އަންނަނީ ސިއްހީ މަރުކަޒުގައި ފަރުވާދެމުން،" އެމްއެންޑީއެފުން ބުންޏެވެ.

އަލިފާންގަނޑު ހަލުވިކަމާއެކު ފެތުރިގެން ދިއުމުގެ ސަބަބުން ލިބުނު ގެއްލުންތައް ވަރަށް ބޮޑެވެ. އެގޮތުން އަލިފާން ރޯވި ތެޔޮ ބޯޓުގެ އިތުރުން، އެ ސަރަހައްދުގައި އޮތް އިތުރު ތިން ދޯންޏަކާއި ފީއަލީގެ އައިސްޕްލާންޓް ވަނީ އެއްކޮށް އަނދައި ހުލިވެފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފިންލޭންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުން އަތުވެއްޖެޚަބަރު | 8 ދުވަސް ކުރިންރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު، މާލޭގައި ވެސް ފެންބޮޑުވެ ފެން ހިންދުމުގެ މަސައްކަތް ފަށައިފިޚަބަރު | 10 ދުވަސް ކުރިން ހިޔާ ފްލެޓެއްގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައި، އެއް ކޮޓަރި އެއްކޮށް އަޅިއަށްޚަބަރު | 11 ދުވަސް ކުރިންފީއަލީ ބަނދަރުގައި އޮތް ބޯޓުގަ ރޯވުން: ފިހުނު ބިދޭސީ މީހާ މަރުވެއްޖެޚަބަރު | 18 ދުވަސް ކުރިން