logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު، މާލޭގައި ވެސް ފެންބޮޑުވެ ފެން ހިންދުމުގެ މަސައްކަތް ފަށައިފި

މަރިޔަމް މާޙީ
15 މޭ 2026 - 05:30
މާލެ އިން ފެން ހިންދަން ސިފައިން ހަރަކާތްތެރި ވަނީ، ފޮޓޯ: އެމްއެންޑީއެފް
މާލެ އިން ފެން ހިންދަން ސިފައިން ހަރަކާތްތެރި ވަނީ، ފޮޓޯ: އެމްއެންޑީއެފް

މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އަމަލީ ގޮތުން ހަރަކާތްތެރިވާން ފަށައިފިއެވެ.

މިއަދު ހެނދުނުން ފެށިގެން މާލެއަށް ކުރަމުންދާ ވިއްސާރައިގައި މަގުތަކުގައި ފެންބޮޑުވެ، އާންމު ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ދަތިތަކާ ކުރިމަތިވަމުންދާތީ، ސިފައިން ދަނީ ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ރާއްޖޭގެ މޫސުން ގޯސްވެ، މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ވެސް ނެރެފައެވެ. މިގޮތުން ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފައިވަނީ މިއަދުގެ ހެނދުނު 08:00 އިން ފެށިގެން މެންދުރުފަހު 14:00 އާ ހަމައަށެވެ.

މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވެއެވެ. އަދި ވައިގެ ބާރުމިން ހުންނާނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގައެވެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ލަފާކުރެއެވެ.

މޫސުން ގޯސްވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު، މާލޭގައި ވެސް ފެންބޮޑުވެ ފެން ހިންދުމުގެ މަސައްކަތް ފަށައިފިޚަބަރު | 2 ގަޑިއިރު ކުރިން ފީއަލީގައި ތެޔޮ ބޯޓެއްގައި ރޯވުން: އައިސްޕްލާންޓާއި ތިން ދޯނި އަނދައިފިޚަބަރު | މަހެއް ކުރިންބަންޑުން ޖަހާލި ބޯޓުން ގެއްލުނު މީހާ ފެނިއްޖެޚަބަރު | މަހެއް ކުރިންއަލިފުށީގައި އަލިފާނުގެ ހާދިސާއެއް ހިނގައި އާއިލާއެއް ދިރިއުޅޭ ގެ އަނދާ ހުލިވެއްޖެޚަބަރު | މަހެއް ކުރިން