logo
MPL

MPL

ޚަބަރު

އަލިފުށީގައި އަލިފާނުގެ ހާދިސާއެއް ހިނގައި އާއިލާއެއް ދިރިއުޅޭ ގެ އަނދާ ހުލިވެއްޖެ

ޒިދާން މުޙައްމަދު
3 އޭޕްރީލު 2026 - 10:54
އަލިފުށީގައި އަލިފާނުގެ ހާދިސާއެއް ހިނގައި އާއިލާއެއް ދިރިއުޅޭ ގެ އަނދާ ހުލިވެއްޖެ

ރ. އަލިފުށީގައި އަލިފާނުގެ ހާދިސާއެއް ހިނގައި އާއިލާއެއް ދިރިއުޅޭ ގެ އަނދާ ހުލިވެއްޖެއެވެ.

އެމްއެންޑީއެފްއިން ބުނީ ރ. އަލިފުށީ އައިރިސްގޭގައި އަލިފާން ރޯވެގެން، ނައިފަރު ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެންދުރު ޓީވީއަށް އަލިފުށީ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި، އަލިފާން ރޯވީ އެ ރަށުގެ އާއިލާއެއް ދިރިއުޅޭ ގޭގައެވެ. ރޯވި އަލިފާން މިހާރު ނިއްވާލާފައިވާއިރު މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ސާފެއް ނޫނެވެ.

663297171_1540527734745219_8128101720984017540_n.jpg

 

އަލިފުށީ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި، އެ ގެ ވަނީ ދިރިނޫޅޭ ވަރަށް އަނދައި ހުލިވެފައެވެ.

މި ހާދިސާގައި މީހަކަށް އެއްވެސް އަނިޔާއެއް ވީ ކަމުގެ ރިޕޯޓު ނުލިބެއެވެ.

އަލިފާން ނިއްވުމުގައި އެ ރަށުގެ ގިނަ އަދަދެއްގެ އާންމު ރައްޔިތުން ހަރަކާތްތެރިވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލެ ފޭސް 3 ގައި މިރޭ ހަވާ އަރުވަނީޚަބަރު | 3 ދުވަސް ކުރިންއެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝަރަފަވެރި ކޮށްދެއްވައިފިޚަބަރު | 7 ދުވަސް ކުރިންނަސްރުގެ ދުވަހުގެ ފަރިތަކުރުންތައް ކުރިއަށް ދާތީ ނޮވެެމްބަރު 2 އާ ހަމައަށް ވަކި އަދި މަގުތަކެއް ބަންދުވާނެޚަބަރު | 10 ދުވަސް ކުރިންމި އަހަރުގެ ނަޞްރުގެ ދުވަހު އެމްއެންޑީއެފުން ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދަނީޚަބަރު | 16 ދުވަސް ކުރިން