logo
MPL

MPL

ޚަބަރު

ނަޞްރުގެ ދުވަހު އެމްއެންޑީއެފުން ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދަނީ

އައިޝަތު ނަޝާއައިޝަތު ނަޝާ
25 އޮކްޓޯބަރު 2026 - 09:40
މި އަހަރުގެ ނަޞްރުގެ ދުވަހު އެމްއެންޑީއެފުން ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދަނީ

މިއަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަން ނިންމައިފައި ވާ ކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ.

އެމްއެންޑީއެފް އިން ބުނީ މި އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ސިފައިން ކުރިއަށް ގެންދާ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 3ވަނަ ދުވަހު ކަމަށެވެ. އެގޮތުން ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ ސިފައިން ބައިވެރިވެގެން ބޮޑު ޖަމާޢަތުގައި ކުރާ ފަތިސް ނަމާދުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިސްލާމީ މަރުކަޒުގައި ޖަމާޢަތުގައި ކުރާ ފަތިސް ނަމާދަށް ފަހު، އެ ދުވަހު ހެނދުނު 06:00 ގައި ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު އޮންނާނެ އެވެ. އަދި، އެ ދުވަހުގެ ހަވީރު 4:15ގައި ޖުމްހޫރީ މައިދާނުގައި، ސިފައިންގެ އަސްކަރީ ހުށަހެޅުމެއް އާއްމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށްވެސްހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

މީގެއިތުރުން ނޮވެންބަރު ތިންވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި، ސިފައިންގެ ޤައުމީ ލަވަ އަލްބަމް ނެރުމަށް ވަނީ ހަމަޖެހިފަ އެވެ.

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފްގެ ހުރިހާ އޭރިއާ ކޮމާންޑުތަކެއްގައި ވެސް ސިފައިން ބައިވެރިވެގެން ޖަމާޢަތުގައި ފަތިސް ނަމާދުކުރުމުގެ އިތުރުން، ނަސްރުގެ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތާއި، ނަސްރުގެ ދުވަހުގެ ދުވުން ކުރިއަށްގެންދާނެއެވެ.

ހަމައެއާ އެކު، ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ސިފައިންގެ ފޮޓޯ މައުރަޒާއި، ސިފައިންގެ އަސްކަރީ ހުށަހެޅުމާއި، ކުޑަކުދިންގެ ހަވީރު، ހއ.ދިއްދޫއާއި، ހއ.ބާރަށުގައި ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.

ހއ.ދިއްދޫއަކީ، 3 ނޮވެންބަރު 1988ގެ ޢުދުވާނީ ހަމަލާގައި ޝަހީދުވި ހއ.ދިއްދޫ، ޗާންދަނީއާގެ ޝަހީދު އަލްމަރްޙޫމް ޢުމަރު އަޙްމަދު ނިސްބަތްވާ ރަށެވެ. އަދި ހއ. ބާރަށަކީ، 3 ނޮވެންބަރު 1988ގެ ޢުދުވާނީ ހަމަލާގައި ޝަހީދުވި ހއ. ބާރަށް، ސޯސަން، ޝަހީދު އަލްމަރްޙޫމް އިބްރާހީމް ޙުސައިން ނިސްބަތްވާ ރަށެވެ.

މި ހަރަކާތްތައް ހއ.ދިއްދޫގައި ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 13 އަދި 14ވަނަ ދުވަހުއެވެ. އަދި މި ހަރަކާތްތައް ހއ.ބާރަށުގައި ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 20 އަދި 21 ވަނަ ދުވަހުއެވެ

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މި އަހަރުގެ ނަޞްރުގެ ދުވަހު އެމްއެންޑީއެފުން ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދަނީޚަބަރު | 38 މިނިޓު ކުރިންޒިންމާދާރު ޖީލެއް ބިނާކުރުމަށް: ވަޠަނީ ޚިދުމަތުގެ 4 ވަނަ ބެޗުގެ ތަމްރީނުތައް ފަށައިފިޚަބަރު | ދުވަހެއް ކުރިންސިފައިންގެ 75ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކޮށްފިޚަބަރު | 12 ދުވަސް ކުރިންވަޠަނީ ޚިދުމަތަށް އަހަރެއް, 1,000 އަށްވުރެ ގިނަ ޒުވާނުން ތަމްރީނުވެ، ކުރިމަގު އުޖާލާކޮށްފިޚަބަރު | 24 ދުވަސް ކުރިން