ހުޅުމާލެ ފޭސް 3 ގައި މިރޭ ހަވާ އަރުވަނީ
އަޙުމަދު ރިޝާން
7 ނޮވެމްބަރު 2026 - 05:49

ހުޅުމާލެ ފޭސް 3 ގައި މިރޭ ހަވާ އެރުވުމަށް ނިންމާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
އެމްއެންޑީއެފް އިން ބުނީ މި ހަވާ އެރުވުން ކުރިއަށްދާނީ މިރޭ ރޭގަނޑު 22:00 އާއި 23:30އާ ދެމެދުގެ ވަގުތެއްގަ އެވެ. އަދި މި ހަރަކާތް 3 މިނެޓުގެ މުއްދަތަކަށް ކުރިއަށްދާނެ ކަމަށާއި، މިއީ ވިޔަފާރި އުސޫލުން ކުރިއަށްގެންދާ ހަވާ އެރުވުމެއް ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.
.png&w=750&q=75)
Ad by Hajj Corporation
އާންމުކޮށް ކުލަގަދަ މުނާސަބާތަކާއި ތަފާތު އެކި ހަފްލާތަކާ ގުޅުވައިގެން މާލެ ސަރަހައްދާއި އެކި ރަށްރަށުގައި އެމްއެންޑީއެފް އިން މިފަދަ ހަވާ އެރުވުމުގެ ހަރަކާތްތައް ބާއްވަމުން ގެންދެ އެވެ.

-01.jpg&w=3840&q=75)
