logo
Bank of Maldives

Bank of Maldives

ޚަބަރު

ބަންޑުން ޖަހާލި ބޯޓުން ގެއްލުނު މީހާ ފެނިއްޖެ

އައިޝަތު ނަޝާ
9 އޭޕްރީލު 2026 - 05:40
ބަންޑުން ޖަހާލި ބޯޓުން ގެއްލުނު މީހާ ފެނިއްޖެ

ލ. އޮޅުވެލި ކައިރިން ފަރަކަށް އަރައި އަޑިއަށްދިޔަ ބޯޓުން ގެއްލުނު ދިވެއްސަކު ހޯދުމަށް ފުލުހުންނާއި ކަމާބެހޭ ފަރާތްތަކުން ކޮށްފައިވާ މަސައްކަތުން، މިހާރު އެމީހާ ފެނިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

ގެއްލިގެން ހޯދަމުން ދިޔައީ އިސްމާއިލް އަފީފް ނަމަކަށް ކިޔާ ދިވެއްސެކެވެ. ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވި ގޮތުގައި، "އުދަރެސް" ނަމަކަށް ކިޔާ މި ބޯޓު ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައި އަޑިއަށްދާ ކަމުގެ ރިޕޯޓު ލިބިފައިވަނީ 2026 އޭޕްރީލް 8 ވަނަ ދުވަހުގެ ރޭ ދަންވަރު 01:25 ހާއިރުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހާދިސާ ހިނގިއިރު ބޯޓުގައި ޖުމުލަ 13 މީހުން ތިއްބެވެ. އޭގެ ތެރެއިން ބިދޭސީއެއް ވަނީ ފަތާފައި ލ. އޮޅުވެއްޔަށް އަރާފައެވެ. އަދި ބޯޓުން ދަތުރުކުރި އިތުރު 11 މީހަކު އެ ސަރަހައްދުގައި އޮތް ރިސޯޓެއްގެ ދޯންޏަކަށް ނަގައި ވަނީ ސަލާމަތްކޮށްފައެވެ. ސަލާމަތްކުރި މީހުންގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި 9 ބިދޭސީންނެވެ. މި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ބޯޓު އަޑިއަށް ދިއުމުގެ ސަބަބުން އޭގައި ހުރި ގިނަ އަދަދެއްގެ މުދާތައް މިހާރު ދަނީ ލ. އޮޅުވެލީގެ ހުޅަނގަށް އޮޔާދަމުންނެވެ. އެހެންކަމުން، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުޑަކުއްޖަކު ގަހެއްގައި ބަނދެ އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެ!ޚަބަރު | 2 ގަޑިއިރު ކުރިންޔޫއެންއޯޑީސީން ހަދިޔާ ކުރި ޑްރަގް ޓެސްޓް ކިޓްތައް ހަވާލުކޮށްފިޚަބަރު | ދުވަހެއް ކުރިންބަންދުގައި ހުއްޓާ ނިޔާވި މީހާގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފިޚަބަރު | 2 ދުވަސް ކުރިންމިޔަރެއްގެ ހަމަލާއިން ދިރިއުޅުމަށް ބަނަކަން، ފައިބުރިކޮށްލި ސްޕޭންގެ ޑޮކްޓަރު މަރާ ހަނގުރާމަކުރަނީޚަބަރު | 2 ދުވަސް ކުރިން