logo
Bank of Maldives

Bank of Maldives

ޚަބަރު

ހުޅުމާލެ ފަޅުތެރެއަށް ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

މަރިޔަމް މާޙީ
22 މޭ 2026 - 06:39
ހުޅުމާލެ ފަޅުތެރެއަށް ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

ހުޅުމާލެ، ސްޓެލްކޯ ސަރަހައްދު ފަޅުތެރެއަށް ފޭބިފަހުން ޚަބަރެއް ނުވެގެން ހޯދަމުންދިޔަ މީހާ، މަރުވެފައި އޮއްވާ މިއަދު ފެނިއްޖެއެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ ކ. ގުރައިދޫ، ރަތްވިލާގެ، އިބްރާހިމް ޝާކިރު (48 އަހަރު) އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުންގެ މެރިން ޕޮލިހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ އިއްޔެ އިރުއޮއްސި 18:30 ހާއިރުއެވެ. އިބްރާހިމް ޝާކިރު މޫދަށް ފޭބީ ހުޅުމާލޭ ސްޓެލްކޯ ސަރަހައްދާ ދިމާލުން ފަޅުތެރޭގައި އޮތް އުޅަނދެއްގެ ވަލެއް އެއްސުމަށްޓަކައެވެ. ނަމަވެސް، މޫދަށް ފޭބި ފަހުން އޭނާގެ އެއްވެސް ޚަބަރެއް ނުވެގެން ހޯދަން ފެށިއެވެ.

އޭނާ ހޯދުމުގެ މަސައްކަތުގައި ފުލުހުންގެ މެރިން ޕޮލިހާއި އެމްއެންޑީއެފް ކޯސްޓްގާޑުން ގުޅިގެން ވަނީ ހަރަކާތްތެރިވެފައެވެ. ގިނަ ވަގުތުތަކެއް ވަންދެން ހޯދުމަށްފަހު، އޭނާ ފެނިފައިވަނީ މަރުވެފައި އޮއްވައެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލެ ފަޅުތެރެއަށް ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެޚަބަރު | 2 ގަޑިއިރު ކުރިންހުޅުމާލޭ ފަޅުތެރެއަށް ވަލެއް އައްސަން ފޭބި މީހަކު ގެއްލިގެން ހޯދަނީޚަބަރު | 17 ގަޑިއިރު ކުރިންމަހުދީގެ މަރު: ފުލުހުންގެ ހާއްސަ ތަހުގީގެއް ކުރިއަށް!ޚަބަރު | 2 ދުވަސް ކުރިންމާލޭގެ ޓްރެފިކް ބާރުބޮޑުވާ 12 ސަރަހައްދެއް ބެލެހެއްޓުމަށް ފުލުހުން ހާއްސަ ހަރަކާތެއް ފަށައިފިޚަބަރު | 3 ދުވަސް ކުރިން