މާލޭގެ ޓްރެފިކް ބާރުބޮޑުވާ 12 ސަރަހައްދެއް ބެލެހެއްޓުމަށް ފުލުހުން ހާއްސަ ހަރަކާތެއް ފަށައިފި
19 މޭ 2026 - 06:50

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މާލޭގެ ޓްރެފިކް އެންމެ ބާރުބޮޑުވާ 12 ސަރަހައްދެއްގައި ފުލުހުން ހާއްސަ ސަމާލުކަމެއް ދީގެން ހަރަކާތްތެރިވާން ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން މަގުމަތީގެ ރައްކާތެރިކަން ބެލެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މި ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވާނީ ޓްރެފިކް ފްލޯ ބެލެހެއްޓުމަށާއި، މަގުމަތީގެ ގަވާއިދުތަކަށް އާންމުން ހޭލުންތެރިކުރުވައި، އެކްސިޑެންޓްތައް މަދުކުރުމުގެ މަގްސަދުގައެވެ.

Ad by Hajj Corporation
ފުލުހުން ހާއްސަ ސަމާލުކަމެއް ދީގެން ޓްރެފިކް ބަލަހައްޓާނެ 12 ސަރަހައްދަކީ:
- ބޮޑުތަކުރުފާނުމަގާއި މަޖީދީމަގު ގުޅުނު ކަންމަތި (އާޓިފިޝަލް ބީޗް ކުރިމަތި)
- ބޮޑުތަކުރުފާނު މަގު ފަތާ ޓްރެކް ކައިރި
- މަޖީދީމަގާއި މާވެޔޮމަގު ގުޅުނު ކަންމަތި
- އަމީނީ މަގާއި އާމިނާރަނިހިނގުން ގުޅުނު ކަންމަތި
- ބޮޑުތަކުރުފާނު މަގާއި މަޖީދީ މަގު ގުޅުނު ކަންމަތި (ރަސްފަންނު ކުރިމަތި)
- އަމީނީ މަގާއި ކަނބާއައިސާރަނިހިނގުން ގުޅުނު ކަންމަތި
- ބޮޑުތަކުރުފާނު މަގާއި ޗާނދަނީ މަގު ގުޅުނު ކަންމަތި
- އަމީރު އަޙްމަދު މަގު (ރައީސް އޮފީސް ކައިރި)
- އަމީރު އަހުމަދު މަގާއި ސޯސަން މަގު ގުޅުނު ކަންމަތި
- މަޖީދީ މަގާއި ސޯސަންމަގު ގުޅުނު ކަންމަތި
- ބޮޑުތަކުރުފާނު މަގު ބްރިޖް ލައިޓް ކައިރި
- މިދިލިމަގު އެއަރޕޯޓް ލައިޓް ކައިރި
މި ސަރަހައްދުތަކަކީ އާންމުކޮށް އުޅަނދުފަހަރު ގިނަވެ، ޓްރެފިކް ތޮއްޖެހުން ބޮޑުވާ ސަރަހައްދުތަކެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ތަންތަނެވެ. ފުލުހުން މި ސަރަހައްދުތަކުގައި ހަރަކާތްތެރިވުމުން، މަގުމަތީގެ ތަރުތީބު ހިފެހެއްޓި، އާންމު ދަތުރުފަތުރަށް ލުއިފަސޭހަވެގެންދާނެއެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމެކެވެ. މި މަސައްކަތުގައި ހުރިހާ ރައްޔިތުންވެސް ފުލުހުންނަށް އެއްބާރުލުން ދިނުމަށާއި، މަގުމަތީގެ ގަވާއިދުތަކަށް ފުރިހަމައަށް ބޯލެނބުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.


