ފަޅުތެރެއަށް ވަލެއް އައްސަން ފޭބި މީހާ ފެނުނީ މަރުވެފައި އޮއްވާ!
22 މޭ 2026 - 12:03

ވީއައިއޭ އޮންނަ، ހުޅުލޭގެ ފަޅުތެރެއަށް ވަލެއް އައްސަން ފޭބި މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ މިއަދު ފެނިއްޖެއެވެ.
މަރުވެފައި އޮއްވާ ފެނުނީ ކ. ގުރައިދޫ، ރަތްވިލާގެ، އިބްރާހިމް ޝާކިރު (48 އ)އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ހުޅުލޭ ސީޕްލޭން ޓާމިނަލްގެ އުތުރުން އޮންނަ ފަޅުގައި އަޅާފައި އޮތް ތެޔޮ ބާޖަކުން އިއްޔެގެ ވަގުތެއްގައި މޫދަށް ފޭބި މީހަކު ހޯދަމުން ދަނިކޮށް މިއަދު ފެނުނީ ސީޕްލޭން ޓާމިނަލްގެ ފަޅުތެރެއިން ކަމަށެވެ.
އިބްރާހީމް ޝާކިރު ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް އާއި ފުލުހުންނާއި އެއާޕޯޓްގެ ރެސްކިޔު ޓީމުގެ މުވައްޒަފުންވެސް ބައިވެރިވ އެވެ.
އިބްރާހީމް ޝާކިރުގެ ހަށިގަނޑު ފެނުނީ ހުޅުމާލެ ފަޅުތެރެއިން ކަމަށް ފުލުހުންގެ ޚިދުމަތުން ބުންޏެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

Ad by Hajj Corporation


