ފީއަލީ ބަނދަރުގައި އޮތް ބޯޓުގަ ރޯވުން: ފިހުނު ބިދޭސީ މީހާ މަރުވެއްޖެ
7 މޭ 2026 - 07:10

ފީއަލީ ބަނދަރުގައި އޮތް ބޯޓުގަ ރޯވި ހާދިސާގައި ފިހުނު ބިދޭސީ މީހާ މަރުވެއްޖެއެވެ.
ފުލުހުން ބުނީ 2026 އޭޕްރީލް 9 ވަނަ ދުވަހު ފ. ފީއަލީ ބަނދަރުގައި އޮތް ބޯޓެއްގައި އަލިފާން ރޯވެ ހިނގި ހާދިސާގައި އަނިޔާވި ބިދޭސީ މީހާ، ފަރުވާ ދެމުންދަނިކޮށް މަރުވެފައިވާ ކަމަށެވެ. އަދި އޭނާ މަރުވީ 2026 މެއި 4 ވަނަ ދުވަހު ކަމަށާއި އެމީހާގެ ހަށިގަނޑު މެއި 5 ވަނަ ދުވަހު ގައުމަށް ފޮނުވާލާފައިވާ ކަމަށެވެ.

Ad by Hajj Corporation
ފީއަލީ އަލިފާނުގެ ހާދިސާގައި މިފްކޯގެ އައިސްޕްލާންޓާއި 3 ބޯޓެއް ވަނީ ބޭނުންނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ.
މި ހާދިސާގައި ފިހިފައިވަނީ އުމުރުން 39 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. އެމީހާގެ ހަށިގަނޑުގެ 60 އިންސައްތަ ފިހިފައިވާއިރު، އޭނާ އަށް ފުރަތަމަ ފަރުވާ ދިނީ ފީއަލީ ސިއްހީ މަރުކަޒުގައެވެ. ނަމަވެސް ހާލު ސީރިއަސްވުމުން މިހާރު ފަރުވާދެމުން އަންނަނީ މާލެ ގެނެސް އައިޖީއެމްއެޗުގައެވެ.
ފުލުހުން ގެންދަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ.


