logo
Bank of Maldives

Bank of Maldives

ޚަބަރު

ހުޅުމާލެ އެޕާޓްމެންޓެއްގައި ރޯވެ، އެކަކު ފިހި، އިތުރު ބަޔަކަށް ހޮސްޕިޓަލްގައި ފަރުވާ ދީފި

އަޙުމަދު ރިޝާން
2 ޖުލައި 2026 - 04:43
ހުޅުމާލޭ 110 ވަނަ ފްލެޓްގެ އެޕާޓްމަންޓެއްގައި ހިނގި އަލިފާނުފާނުގެ ހާދިސާގައި އެތަން އަނދާފައި. – ފޮޓޯ/ އެންޑީއެންއެމްއޭ
ހުޅުމާލޭ 110 ވަނަ ފްލެޓްގެ އެޕާޓްމަންޓެއްގައި ހިނގި އަލިފާނުފާނުގެ ހާދިސާގައި އެތަން އަނދާފައި. – ފޮޓޯ/ އެންޑީއެންއެމްއޭ

 

ހުޅުމާލޭ ފޭސް އެކެއްގައި އެޕާޓްމެންޓެއްގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާއެއްގައި އެކެއްގެ ފަޔާއި އަތް ފިހި އިތުރު ބަޔަކަށް ހޮސްޕިޓަލް އިން ފަރުވާދީފި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީޑިއާ މައުލޫމާތު ދެމުން ފުލުހުން ބުނީ، މި އަލިފާނުގެ ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ ދަންވަރު 1:07 ހާއިރު ކަމަށެވެ. ހުޅުމާލޭ ފުލެޓް ނަންބަރު 110 ގައި ހިނގި މި އަލިފާންގަޑު އެމްއެންޑީއެފްގެ ފަޔަ އެންޑް ރެސްކިއު ޓީމުން ނިއްވާލާފައި ވަނީ ގާތްގަނޑަކަށް 1:23 ގަ އެވެ.

ހުޅުމާލޭ ހޮސްޕިޓަލާ ހަވާލާދީ އެމްއެންޑީއެފް އިން ބުނެފައި ވަނީ ފިހުނު ފިރިހެން މީހާގެ އަތާއި ފައިގެ 12 އިންސައްތަ ފިހިފައިވާ ކަމަށެވެ. އަދި ބާކީ ތިބި މީހުންނަށް ފަރުވާ ދީފައި ވަނީ ދުމުގެ އަސަރުކޮށްގެން ކަމަށް ވެސް މައުލޫމާތުލިބެ އެވެ.

444252_3_a904939021170b6fbb0eeca6a490266169ee8d3c.jpg

ހުޅުމާލޭ 110 ވަނަ ފްލެޓްގެ އެޕާޓްމަންޓެއްގައި ހިނގި އަލިފާނުފާނުގެ ހާދިސާގައި އެތަން އަނދާފައި. – ފޮޓޯ/ އެންޑީއެންއެމްއޭ

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެކްސްގައި ބުނެފައި ވަނީ މި ހާދިސާ ހިނގިއިރު އެ ގޭގައި ހަތް ދިވެއްސަކު ދިރިއުޅުން ކަމަށާއި އޭގެ ތެރެއިން ފަސް މީހަކަށް ހޮސްޕިޓަލްގައި ފަރުވާދީފައިވާ ކަމަށެވެ. އެ އެޕާޓްމަންޓްގައި ދިރިއުޅު މީހުންނަށް ބަލާއިރު 18 އަހަރުން ދަށުގެ ކުޑަ ދެ ކުދިންނާއި 18 އަހަރުން މަތީގެ ފަސް މީހަކު ދިރިއުޅޭ ކަމަށް ވެސް އެންޑީއެމް އިން މައުލޫމާތުދެ އެވެ.

އަލިފާނުގެ ހާދިސާ ހިނގި އެޕާޓްމަންޓް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު ދުމުގެ އަސަރުކޮށްގެން އެ އިމާރާތުގެ އެއްވަނަ އަދި ތިން ވަނަ ފަންގިފާލާގެ އަށް ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް އެންޑީއެމްއޭ އިން މައުލޫމާތުދެ އެވެ.

އެ އިމާރާތުގެ އެންމެ ތިރީގައި ހުންނަ މި އެޕާޓްމަންޓްގައި އަލިފާން ރޯވާން ދިމާވި ސަބަބު އަދި ނޭނގޭ ކަމަށާއި މިހާދިސާ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

 

444249_3_b0949f71a4fb3acec18a71fbb43b7967e4aefd5e.webp

ހުޅުމާލޭ 110 ވަނަ ފްލެޓްގެ އެޕާޓްމަންޓެއްގައި ހިނގި އަލިފާނުފާނުގެ ހާދިސާގައި އެތަން އަނދާފައި. – ފޮޓޯ/ އެންޑީއެންއެމްއޭ

444251_3_fec480c57f065432f502178e90802600ab9882d1.jpg

ހުޅުމާލޭ 110 ވަނަ ފްލެޓްގެ އެޕާޓްމަންޓެއްގައި ހިނގި އަލިފާނުފާނުގެ ހާދިސާގައި އެތަން އަނދާފައި. – ފޮޓޯ/ އެންޑީއެންއެމްއޭ

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލެ އެޕާޓްމެންޓެއްގައި ރޯވެ، އެކަކު ފިހި، އިތުރު ބަޔަކަށް ހޮސްޕިޓަލްގައި ފަރުވާ ދީފިޚަބަރު | 2 ގަޑިއިރު ކުރިންމިލަންދޫގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގާ، ގެއްލުންތަކެއް ލިބިއްޖެޚަބަރު | މަހެއް ކުރިން ހިޔާ ފްލެޓެއްގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައި، އެއް ކޮޓަރި އެއްކޮށް އަޅިއަށްޚަބަރު | 2 މަސް ކުރިންފީއަލީ ބަނދަރުގައި އޮތް ބޯޓުގަ ރޯވުން: ފިހުނު ބިދޭސީ މީހާ މަރުވެއްޖެޚަބަރު | 2 މަސް ކުރިން