logo
MPL

MPL

ޚަބަރު

ހިޔާ ފްލެޓެއްގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައި، އެއް ކޮޓަރި އެއްކޮށް އަޅިއަށް

މުހައްމަދު މޫސާމުހައްމަދު މޫސާ
13 މޭ 2026 - 18:47
 ހިޔާ ފްލެޓެއްގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައި، އެއް ކޮޓަރި އެއްކޮށް އަޅިއަށް

ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރެއްގައި މިއަދު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި، އެޕާޓްމަންޓެއްގެ އެއް ކޮޓަރި އެއްކޮށް އަނދައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މައުލޫމާތު ދޭ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހިޔާ ޓަވަރު 8 ގެ 15 ވަނަ ފަންގިފިލާގެ 10 ވަނަ އެޕާޓްމަންޓުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އަލިފާނުގެ ހާދިސާގައި އެ އެޕާޓްމަންޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އޭގެ ތެރެއިން އެއް ކޮޓަރި ވަނީ އެއްކޮށް އަނދައި، ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައެވެ.

އެންޑީއެމްއޭ އިން ބުނީ މި ހާދިސާގެ ސަބަބުން ހާލުގައި ޖެހުނު އެ ގޭގައި ދިރިއުޅޭ ހަތަރު މީހުންގެ އާއިލާއަށް ބޭނުންވާ ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ އޮތޯރިޓީން މިހާރު ދަނީ ކުރަމުންނެވެ. މީގެ ތެރޭގައި ވަގުތީ ބޯހިޔާވަހިކަމާއި ކާތަކެތި ފަދަ ކަންކަން ހިމެނެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ކަމާބެހޭ އިދާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތިލަފުށި ގޮނޑުގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފިޚަބަރު | މަހެއް ކުރިންމާލޭގެ އިތުރު ދެ ތަނެއްގައި އަލިފާން ރޯވެއްޖެޚަބަރު | މަހެއް ކުރިންހުޅުމާލެ އެޕާޓްމެންޓެއްގައި ރޯވެ، އެކަކު ފިހި، އިތުރު ބަޔަކަށް ހޮސްޕިޓަލްގައި ފަރުވާ ދީފިޚަބަރު | 2 މަސް ކުރިންހުޅުމާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު އާއިލާއަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިޚަބަރު | 2 މަސް ކުރިން