logo
Bank of Maldives

Bank of Maldives

ޚަބަރު

ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތަށް ސިފައިން ނުކުމެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
16 އޭޕްރީލު 2026 - 03:27
މާލެ އިން ފެން ހިންދަން ސިފައިން ހަރަކާތްތެރި ވަނީ، ފޮޓޯ: އެމްއެންޑީއެފް
މާލެ އިން ފެން ހިންދަން ސިފައިން ހަރަކާތްތެރި ވަނީ، ފޮޓޯ: އެމްއެންޑީއެފް

މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

މި މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަރާތުންމިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި، މާލޭގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ އާންމު ދަތުރުފަތުރަށް ދަތިވަމުންދާތީ، ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މި ދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވިދާޅުވެފައިވަނީ، މިއަދު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރަކުރާނެ ކަމަށެވެ. ޚާއްސަކޮށް މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭއިރު، ދެކުނުގެ އަތޮޅުތަކަށްވެސް ކެރީގެ އަސަރު ކުރާނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

މެޓް އޮފީހުން މިހާރު ވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފައެވެ. އެ އިދާރާއިން ލަފާކުރާ ގޮތުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވެއެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ހަފުތާ ބަންދުގައިވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތަށް ސިފައިން ނުކުމެއްޖެޚަބަރު | 2 ގަޑިއިރު ކުރިންމާދަމާ އިން ފެށިގެން މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެޚަބަރު | ދުވަހެއް ކުރިންހުޅުމާލޭގެ ފޭސް 1 ގެ ވޯޓަރ ޕާކް ތެރޭގައި އަލިފާން ރޯވެއްޖެޚަބަރު | 2 ދުވަސް ކުރިންރިސޯޓެއްގެ ރެސްޓޯރަންޓެއްގައި އަލިފާން ރޯވެއްޖެޚަބަރު | 4 ދުވަސް ކުރިން