logo
Bank of Maldives

Bank of Maldives

ޚަބަރު

ރިސޯޓެއްގެ ރެސްޓޯރަންޓެއްގައި އަލިފާން ރޯވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
12 އޭޕްރީލު 2026 - 11:47
ސޮނެވާ ޖާނީގެ ރެސްޓޯރެންޓްގައި ރޯވެފައި، ފޮޓޯ: އެމްއެންޑީއެފް
ސޮނެވާ ޖާނީގެ ރެސްޓޯރެންޓްގައި ރޯވެފައި، ފޮޓޯ: އެމްއެންޑީއެފް

ނ. އަތޮޅުގައި ހިންގަމުން އަންނަ ސޮނެވާ ޖާނީ ރިސޯޓުގެ ރެސްޓޯރަންޓެއްގައި މިއަދު މެންދުރުފަހު ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވަނީ 2026 އޭޕްރީލް 12 ވީ އާދީއްތަ ދުވަހުގެ މެންދުރުފަހު 14:04 އެހައިކަންހާއިރުއެވެ. މި ހާދިސާ ހިނގުމާ ގުޅިގެން ފުލުހުންނާއި ސިފައިން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްއެންޑީއެފުން ބުނިގޮތުގައި ސޮނެވާ ޖާނީގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ޅ. ނައިފަރު ފަޔަރ ސްޓޭޝަނުގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

އަލިފާން ނިއްވުމުގެ މި މަސައްކަތުގައި ސިފައިންނާއި ފުލުހުންގެ އިތުރުން ރިސޯޓުގެ މުވައްޒަފުންވެސް ބައިވެރިވަމުންދާކަން ފާހަގަކުރެވެއެވެ.

 

View post on Twitter

 

މި ހާދިސާއާ ގުޅިގެން ފުލުހުން އެންމެ ފަހުން ދިން މައުލޫމާތުގައި ބުނެފައިވަނީ، އަލިފާންގަނޑު އަދި އެއްކޮށް ނިއްވާނުލެވުނު ނަމަވެސް، މިހާރު އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

މި ހާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް ލިބިފައެއްނުވެއެވެ. ނަމަވެސް ރެސްޓޯރަންޓަށް ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ. ހާދިސާގެ ފޮޓޯތަކުން ފެންނަގޮތުގައި އެތަނުގައި ވަނީ ވަރަށް ބޮޑަށް އަލިފާން ހިފާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޅ. އަތޮޅުގެ ދެ ރަށަކުން މަސްތުވާތަކެއްޗާއެކު 3 މީހަކު ހައްޔަރުކޮށްފިޚަބަރު | 21 ގަޑިއިރު ކުރިން 3 ވުޒާރާގައި އަލިފާން ރޯވީ ކަރަންޓު މައްސަލައަކުން، ގަސްތުގައި ރޯކޮށްލި ކަމުގެ ހެއްކެއް ނެތް: ފުލުހުންޚަބަރު | ދުވަހެއް ކުރިންމީހުން ޓްރެފިކްކުރުން ހުއްޓުވައި، ޝިކާރައަކަށްވާ މީހުން ދެނެގަތުމުގެ ނިޒާމު ހަރުދަނާކުރަނީޚަބަރު | 2 ދުވަސް ކުރިންވިމެން އިން ޕޮލިސިންގ ޑޭ: އަންހެން ފުލުހުންނަށް ވަޒީރު އިޙްސާންގެ މުހިންމު އިލްތިމާސެއްޚަބަރު | 3 ދުވަސް ކުރިން