logo
MPL

MPL

ޚަބަރު

ވިމެން އިން ޕޮލިސިންގ ޑޭ: އަންހެން ފުލުހުންނަށް ވަޒީރު އިޙްސާންގެ މުހިންމު އިލްތިމާސެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
22 ސެޕްޓެމްބަރު 2026 - 12:44
ވިމެން އިން ޕޮލިސިންގ ޑޭ: އަންހެން ފުލުހުންނަށް ވަޒީރު އިޙްސާންގެ މުހިންމު އިލްތިމާސެއް

 

ހަގީގީ ލީޑަރުންނަކީ ތިމާ ވަށައިގެން ތިބި މީހުންނަށް ނަމޫނާ ދައްކާ ހިތްވަރުގަދަ ބައެއް ކަމަށާއި، ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަކީ އެފަދަ ބަޔަކަށް ވުމަށް މަސައްކަތް ކުރުމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނީއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އިލްތިމާސްކުރައްވައިފިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު މިހެން ވިދާޅުވީ 'ވިމެން އިން ޕޮލިސިންގ ޑޭ' ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން، މާލެ ސަރަހައްދުގެ އަންހެން މުވައްޒަފުންނަށް ޚާއްސަކޮށްގެން ބޭއްވި ފޯރަމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ފޯރަމުގައި ވާހަކަދައްކަވަމުން ވަޒީރު ވަނީ ލީޑަރުންނަކީ އަމިއްލަ ޤާބިލްކަމާއި ނަފުސަށް އޮންނަ އިތުބާރާއި އިސްނެގުން ކުރިއަށް ނެރޭނެ ބައެއްކަން ފާހަގަކުރައްވާފައެވެ.

ވަޒީރު އިޙްސާން ވިދާޅުވީ ލީޑަރުން އަބަދުވެސް މަސައްކަތް ކުރާނީ އެކުގައި މަސައްކަތް ކުރާ އެންމެންނާ ގުޅިގެން ކަމަށެވެ. "ލީޑަރުން އަބަދުވެސް މަސައްކަތް ކުރާނީ އެކުގައި މަސައްކަތް ކުރާ އެންމެންނާއި ގުޅިގެން. ކަންކަމުގައި އަމިއްލަ ނަޒަރިއްޔާ ހިއްސާކޮށްގެން. މައްސަލަތައް އިސްވެ ހައްލުކުރުމުގެ ސަޤާފަތެއް ބިނާކުރުމަކީވެސް މުހިންމު ކަމެއް،" ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން މަސައްކަތްކުރާ މާހައުލުގައި އަންހެނުންނަށް ފުރުޞަތު ދިނުމާއި، ގުޅިގެން މަސައްކަތް ކުރުމުގެ ވިސްނުމެއް ބައްޓަން ކުރުމަކީވެސް ލީޑަރެއްގެ މުހިންމު ސިފައެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހަކީ ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ އަންހެނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ދުވަހެވެ. މި ދުވަހަކީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު 3 ގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބަލައިގަތް "ގައިޑްލައިން އޮން ކްރިއޭޝަން އެންޑް މެނޭޖްމަންޓް އޮފް ވިމަން އިން ޕޮލިސިން ޑޭ" ގެ ދަށުން ރަސްމީކޮށް ފާހަގަކުރަން ފެށި ދުވަހެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުލުހުންގެ ކޮންސްޓަބަލްގެ ވަޒީފާއަށް އިއުލާން ކޮށްފި، މުސާރަ އަކީ 15،500ޚަބަރު | 6 ދުވަސް ކުރިންޝާހިދު ބަންދުކުރުން: ބަންދަން 30 ދުވަސް ޖަހައިފިޚަބަރު | 6 ދުވަސް ކުރިންނަޞްރުގެ ދުވަހުގެ ހަރަކާތްތަކަށް ޓްރެފިކް ފްލޯއަށް ބަދަލުތަކެއް: ބައެއް މަގުތައް ބަންދު!ޚަބަރު | 8 ދުވަސް ކުރިންނަސްރުގެ ދުވަހުގެ ފަރިތަކުރުންތައް ކުރިއަށް ދާތީ ނޮވެެމްބަރު 2 އާ ހަމައަށް ވަކި އަދި މަގުތަކެއް ބަންދުވާނެޚަބަރު | 10 ދުވަސް ކުރިން