logo
Bank of Maldives

Bank of Maldives

ޚަބަރު

މީހުން ޓްރެފިކްކުރުން ހުއްޓުވައި، ޝިކާރައަކަށްވާ މީހުން ދެނެގަތުމުގެ ނިޒާމު ހަރުދަނާކުރަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
23 ސެޕްޓެމްބަރު 2026 - 18:26
މީހުން ޓްރެފިކްކުރުން ހުއްޓުވައި، ޝިކާރައަކަށްވާ މީހުން ދެނެގަތުމުގެ ނިޒާމު ހަރުދަނާކުރަނީ

އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ފޮރ މައިގްރޭޝަން (އައިއޯއެމް) އިން ދިވެހިރާއްޖެ އާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗީފް އޮފް މިޝަން މިސް ކްރިސްޓިން ޕާރކޯއާ، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު މިއަދު ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.

ފުލުހުންގެ މައި އިދާރާ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ، މީހުން ޓްރެފިކްކުރުމުގެ މައްސަލަތަކާއި ބޯޑަރު ހުރަސްކޮށް ހިންގާ ޖިނާއީ ކުށްތައް ހުއްޓުވުމުގައި ދެފަރާތް ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތައް ދެނެގަތުމާ ގުޅޭގޮތުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން، މީހުން ޓްރެފިކްކުރުމުގެ މައްސަލަތަކުގެ ތަހުގީގުތައް މިހާރަށްވުރެ ހަރުދަނާކުރުމަށާއި، މިފަދަ ކުށްތަކުގެ ޝިކާރައަކަށްވާ ފަރާތްތައް ދެނެގަތުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ގުޅިގެން އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުންވެސް ދެބޭފުޅުންގެ މެދުގައި ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރެވިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މީހުން ޓްރެފިކްކުރުން ހުއްޓުވައި، ޝިކާރައަކަށްވާ މީހުން ދެނެގަތުމުގެ ނިޒާމު ހަރުދަނާކުރަނީޚަބަރު | ގަޑިއިރެއް ކުރިންވިމެން އިން ޕޮލިސިންގ ޑޭ: އަންހެން ފުލުހުންނަށް ވަޒީރު އިޙްސާންގެ މުހިންމު އިލްތިމާސެއްޚަބަރު | ދުވަހެއް ކުރިންމަސްތުވާތަކެތީގެ މައްސަލައެއްގައި ކަނޑުހުޅުދޫއިން 2 މީހަކު ހައްޔަރުކޮށްފިޚަބަރު | ދުވަހެއް ކުރިންސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން ފެންނަނީ ނައްތާލަން ހުއްދަ ދީފައިވާ އުޅަނދުތަކެއް: ފުލުހުންޚަބަރު | 2 ދުވަސް ކުރިން