logo
Bank of Maldives

Bank of Maldives

ޚަބަރު

ޅ. އަތޮޅުގެ ދެ ރަށަކުން މަސްތުވާތަކެއްޗާއެކު 3 މީހަކު ހައްޔަރުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
24 ސެޕްޓެމްބަރު 2026 - 12:26
ޑްރަގް މައްސަލާގައި ފުލުހުން ހައްޔަރުކުރި ތިން މީހުން، ފޮޓޯ: ޕޮލިސް
ޑްރަގް މައްސަލާގައި ފުލުހުން ހައްޔަރުކުރި ތިން މީހުން، ފޮޓޯ: ޕޮލިސް

ޅ. އަތޮޅުގެ ދެ ރަށެއްގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި، ތިން މީހަކު ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަންތައް ހިންގާފައިވަނީ އެ އަތޮޅު ނައިފަރާއި އޮޅުވެލިފުށީގައެވެ.

މި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހިތްވަރު / ޅ. ނައިފަރު، އަނަސް އަބްދުﷲ (19އ) އާއި، ކޮތަރިވިލާ / ޅ. އޮޅުވެލިފުށި، މުޙައްމަދު މިފްޒާލް (25އ) އަދި ޑައިމްވިލާ / ޅ. އޮޅުވެލިފުށި، އަޙްމަދު އާދިލް (20އ) އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަހުގެ 23 ވަނަ ދުވަހު ހިންގި ފުރަތަމަ އޮޕަރޭޝަނަކީ އޮޅުވެލިފުށި ޕޮލިހާއި، ކުރެންދޫ ޕޮލިހާއި، ނައިފަރު ޕޮލިހުގެ އިތުރުން ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. ކޯޓު އަމުރެއްގެ ދަށުން އަނަސް ޢަބްދުﷲ އާއި މުޙައްމަދު މިފްޒާލް ހައްޔަރުކޮށް، އެ މީހުން ދިރިއުޅޭ ކޮޓަރި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ސެލޯފިންކޮޅާއި 43 ކަރުދާސްކޮޅު ވަނީ ފެނިފައެވެ. ފުލުހުން ވިދާޅުވި ގޮތުގައި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 3.93 ގުރާމެވެ.

ދެވަނަ އޮޕަރޭޝަނަކީ ނައިފަރުގައި މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ނައިފަރު ޕޮލިހުން ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގައި ނައިފަރުން އަޙްމަދު އާދިލް ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނުގައި 10.79 ގުރާމު ހުއްޓެވެ.

މި މައްސަލައާ ގުޅިގެން މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަނަސް ޢަބްދުﷲ އާއި މުޙައްމަދު މިފްޒާލް އަށް ދުވަހަށް ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައިވާއިރު، އަޙްމަދު އާދިލް ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލަތައް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޅ. އަތޮޅުގެ ދެ ރަށަކުން މަސްތުވާތަކެއްޗާއެކު 3 މީހަކު ހައްޔަރުކޮށްފިޚަބަރު | ގަޑިއިރެއް ކުރިން 3 ވުޒާރާގައި އަލިފާން ރޯވީ ކަރަންޓު މައްސަލައަކުން، ގަސްތުގައި ރޯކޮށްލި ކަމުގެ ހެއްކެއް ނެތް: ފުލުހުންޚަބަރު | 3 ގަޑިއިރު ކުރިންމީހުން ޓްރެފިކްކުރުން ހުއްޓުވައި، ޝިކާރައަކަށްވާ މީހުން ދެނެގަތުމުގެ ނިޒާމު ހަރުދަނާކުރަނީޚަބަރު | 19 ގަޑިއިރު ކުރިންވިމެން އިން ޕޮލިސިންގ ޑޭ: އަންހެން ފުލުހުންނަށް ވަޒީރު އިޙްސާންގެ މުހިންމު އިލްތިމާސެއްޚަބަރު | 2 ދުވަސް ކުރިން