logo
Bank of Maldives

Bank of Maldives

ޚަބަރު

މާދަމާ އިން ފެށިގެން މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ

މުޙައްމަދު އަފްރާޙް
15 އޭޕްރީލު 2026 - 07:43
ކުރިއަށް  އޮތް ފަސް ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަަވިއްސާރަކުރާނެ
ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަަވިއްސާރަކުރާނެ

މާދަމާ އިން ފެށިގެން މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

އެ އިދާރާ އިން ބުނީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރަވާނެކަމަށެވެ. ޚާއްސަކޮށް މެދުރާއްޖެތެރެއާއި އުތުރަށް ވިއްސާރަވާނެކަމަށާއި ދެކުނަށްވެސް ކެރީގެ އަސަރު ކުރާނެ ކަމަށެވެ. އަދި ހަފުތާ ބަންދުގައިވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ކުރާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖެއަށް ވިއްސާރަކުރިނަމަވެސް، ވައި މަޑުވެފައި ކަނޑުތައްވެސް މަޑުވާނެ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާ އިން ބުނެއެވެ. އާއްމުގޮތެއްގައި ވައި ޖެހޭނީ 3 މެލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ވިލާގަނޑުގައި 30 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށް ވަނީ ބުނެފައެވެ.

ވިލާގަނޑުގައި ވަޔާއި ކަނޑު ގަދަވުން އެކަށީގެންވާ ކަމަށާއި ރާއްޖޭގެ ހުރިހާ ހިސާބުތަކަށްވެސް ގުގުރުމުގެ އަސަރު ކުރާނެކަމަށް ބެލެވޭކަމަށް އެ އިދާރާ އިން ބުނެއެވެ. ރާއްޖެއަށް ހުޅަނގު މޫސުން ފެށޭނީ އަންނަ މޭ މަހުގެ ފަހުކޮޅުގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދަތުރުކުރާއިރު މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފިޚަބަރު | 12 ގަޑިއިރު ކުރިން މޫސުން ޢާންމުގޮތެއްގައި ރަނގަޅު ވާނެ: މެޓްޚަބަރު | ދުވަހެއް ކުރިންބައެއް ރަށްތަކަކަށް ކެރީގެ އަސަރުކުރި ނަމަވެސް މޫސުން އާންމުގޮތެއްގައި ރަނގަޅު ވާނެ: މެޓްޚަބަރު | 2 ދުވަސް ކުރިންއުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްޚަބަރު | 5 ދުވަސް ކުރިން